logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީ އުޅެނީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅާފާނެތީ ބިރުން : އައިފާން

އާމިނަތު ޝަފާ
10 ނޮވެމްބަރު 2024 - 11:48
މެމްބަރު އައިފާން މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި
މެމްބަރު އައިފާން މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި

ކުރިން ކޮށްފައިވާ ވައްކަންތައް ބަލައި ފިޔަވަޅުއަޅާފާނެތީ އެމްޑީޕީން ބިރުން އުޅޭކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވިދާޅުވީ ސަރުކާރުން އެންމެ ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުން އަންނަނީ ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށްކަމަށެވެ. އެއްވެސް މީހަކަށް ރައްޔިތުންގެ ފައިސާގައި ޖެހުމަށްފަހު އެ ފައިސާ ނުދައްކައި ނުހުރެވޭނެކަމަށާއި އެ ފައިސާ ހޯދަން އޮތް ގޮތަކަށް ހޯދާނެކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ރައްޔިތުންގެ ފައިސާގައި ޖެހިގެން ހިންގާފައިވާ ކޮރަޕްޝަންުގެ މައްސަލަތައް ބަލާފާނެތީ މިހާރު ބިރުން އުޅޭކަމަށެވެ.

" އާޑްސީގައި ކުރި ވައްކަންތައްވެސް ބުނީ ބަލާށޭ ނުހުންނާނެއޭ ވައްކަން ކޮށްފައެއް. ވައްކަންކުރާ މީހާ ބުނާނެ ވައްކަމެއް ނުކުރަމޭ. މާތް ބައެއްކަމަށް ދައްކަން އެހެން އެ ކިޔަނީ. މިއަދު އެބަ އެނގޭ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެފައިކަން ތިބީ. އެ މައްސަލަތައް މި ސަރުކާރުން ބަލާނެކަން އެބޭފުޅުންނަށް އެނގޭނެތީ ބިރުން މިހާރު އެ އުޅެނީ".

އެމްޑީޕީން ވެރިކަން ނިންމާފައި ދިޔައީ މުޅި މާލިއްޔަތު ހަލާކުކޮށްލާފައިކަމަށާއި އެކަން މި ސަރުކާރުން ބަދަލުކުރާނެކަމަށް އައިފާން ވިދާޅުވިއެވެ. އައިފާން ވިދާޅޫވީ ކޮންމެ ވެރިއަކަށް ދައުލަތުގެ މާލިއްޔަތާ ކުޅުމުގެ ފުރުސަތު ބަންދުކުރަން މިހާރުވެސް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިފާނު ވިދާޅުވެދެއްވީ 20 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ ތަފާތުޚަބަރު | 3 މަސް ކުރިންމުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 3 މަސް ކުރިންޝެއިޚް އިލްޔާސް, އިމްރާނަށް: އޮޅުވާލައިގެން ކަންކަންކުރުން ހުއްޓާލަން ނުޖެހޭތޯ؟ޚަބަރު | 3 މަސް ކުރިންމާޒީގެ ތެރެއިން މޭޑޭގެ މުޒާހަރާ: ފަހުވަގު ބޮޑުން ފިލީ، ކުށް ކުރުވީ ނިކަމެތި މީހާ ލައްވާ!ރިޕޯޓް | 3 މަސް ކުރިން