logo
Bank of Maldives

Bank of Maldives

News

ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދު އިސްލާހުކޮށް އާންމުކޮށްފި

ހުސައިން ވަސީމް
11 ނޮވެމްބަރު 2024 - 16:07
ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދު އިސްލާހުކޮށް އާންމުކޮށްފި

ޑޮމެއިން ބޭނުންކުރުމުގެ އައު އުސޫލު އެކުލަވާލާ ޑޮމެއިންތަކުގެ ރަޖިސްޓްރީއާއި ޑޮމެއިން ބޭނުން ކުރުމުގެ ހުއްދަ އައު ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ޑޮމެއިން ރެޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިޔުމާއި ފައިސާ ދެއްކި ކަމުގެ ސްލިޕް މިނިސްޓަރީއަށް ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އާންމު ކުރި އިސްލާހުގައި ބުނެފިއެވެ.

ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދު އިސްލާހުކޮށް މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދަށް މައިގަނޑުގޮތެއްގައި ގެނެސްފައި ވަނީ ދެ އިސްލާހެވެ. މިގަވާއިދުގެ 6 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ޑޮމެއިންގެ ހިދުމަތް ދިނުމުގައި ދިމާވެފައިވާ ނުވަތަ ދިމާވާ މައްސަލަތައް ބަލައި އެ މައްސަލަތަކާ މެދު ގޮތް ނިންމުމަށް ކޮމެޓީ އެއް އެކުލަވާލުމަށެވެ. އަދި އެކޮމެޓީ އެކުލަވާލާނީ ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އިސްލާހުގައިވެއެވެ. އަދި އެ ކޮމިޓީގައި ތިބޭނީ ހަތް މެންބަރުން ކަމަށެވެ.

ޑޮމެއިން ނަމްބަރު ބޭނުންކުރާ އިރު އެކަމާ ބެހޭ ހުއްދަ އުޅަނދުގައި ނުވަތަ އެއުޅަންދެއް ދުއްވާ މީހެއްގެ އަތުގައި ފަސޭހައިން ފެންނަން އޮންނަން ވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ޑޮމެއިން ބޭނުންކުރުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ނޫން އެހެން އުޅަނދެއްގައި ޑޮމެއިން ބޭނުން ކުރުން މަނާވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ޑޮމެއިން ރަޖިސްޓްރީކުރުމާއި އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ހުއްދައާއި ޑޮމެއިންގެ ވެރިފަރާތް ބަދަލުކުރުމުގެ ހުއްދައާއި ޑޮމެއިން ދޫކޮށްފައިވާ އުޅަނދު ބަދަލުކުރުމަށް 500 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. މީގެ ކުރިން ދޫކޮށްފައިވާ ޑޮމެއިން ނަންބަރުތައް އަލުން ރަޖިސްޓަރީކޮށް މިގަވާއިދަށް ބަދަލުކުރުމަށް 3 މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި އެކަމަށް އެދި މިއަންނަ އާދިއްތަ ދުވަހުން ފެށިގެން ހުށައެޅޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި މިހާރު ދޫކޮށްފައިވާ ޑޮމެއިން ނަމްބަރުތައް ބޭނުންކުރުމުގެ ކުރީން ހުއްދަތައް އައު ގަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށްޓަކައި އަންނަ އާދީއްތަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ޑޮމެއިން ރެޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ ފައިސާ ދެއްކި ކަމުގެ ސްލިޕް މިނިސްޓަރީއަށް ހުށަހެޅުމަށްވެސް ބުނެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑު އުޅަނދު ސާވޭ ކުރުމުގެ ޕްރޮގްރާމެއް ކައުންސިލްތަކާއެކު ކުރިއަށް ގެންގޮސްފިޚަބަރު | 13 ދުވަސް ކުރިންބަރުގޮނު އެޅުމުގައި ސަމާލުވުމަށް އަނެއްކާވެސް ހަނދާންކޮށްދީފިޚަބަރު | މަހެއް ކުރިންސީޕްލޭން އޮޕަރޭޝަންތަކުގެ ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުން މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިން5 އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިމަހު ފަށަނީޚަބަރު | 2 މަސް ކުރިން