logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނަމާލެ ބުރިޖުގެ ލޭނެއް މަދެއް ނުވޭ، ބުރިޖު އޮތީ ކުރެހުމާ އެއްގޮތަށް: ރައީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
30 އޯގަސްޓު 2024 - 16:28
ސިނަމާލެ ބުރިޖު -- ފޮޓޯ/ ޓްވިޓާ
ސިނަމާލެ ބުރިޖު -- ފޮޓޯ/ ޓްވިޓާ

ސިނަމާލެ ބުރިޖުގެ ލޭނެއް މަދެއް ނުވާކަމަށާއި، އެ ބުރިޖުގެ ލޭނުތައް ހުރީ ކުރެހުންތަކާއި ޕްލޭނާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބުރިޖު ނިމުނީ އެއް ލޭނު މަދުންކަމަށް ބުނެ، މީސް މީޑިޔާ އަދި އެ ނޫން ވެސް މަންސަތަކުގައި ބައެއް ފަރާތްތަކުން ބުނަމުންދެއެވެ. އެކަމާ ގުޅޭ ގޮތުން، ބުރިޖުގެ މަސައްކަތް ހިނގި ގޮތް ރައީސް މުޢިއްޒު ވަނީ ކިޔާދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން "ސަންގު"ޓީވީން ގެނައި ރައީސްގެ ޚާއްސަ އިންޓަވިއުގައި، ބުރިޖުގެ ލޭނާ ގުޅޭގޮތުން ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހައުސިން މިނިސްޓްރީއަށް ބުރިޖުގެ މަސައްކަތްތައް ދާގޮތް ބަލައި، ހިންގަން ހަވާލުކުރި ހިސާބުން ފެށިގެން ވެސް ބުރިޖުގެ ކޮންސެޕްޓް އޮތީ މިހާރު ވެސް ބުރިޖު އޮތް ގޮތަށް ކަމަށެވެ. އެގޮތުން އެ މިނިސްޓްރީ އާ ހަވާލުވުމަށް ފަހު، ބުރިޖުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ދިޔައިރު ވެސް ބުރިޖުގައި އޮންނަން ނިންމާފައި އޮތީ ޖުމްލަ ހަތަރު ލޭނު ކަމުގައި ރައީސް ވިދާޅުވިއެވެ.

އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ރައީސް ވިދާޅުވީ؛

  • ބުރިޖުގެ މަސައްކަތް ނިމުނީ އިކޮނޮމިކް އަދި ޔޫތް ކައުންސިލުން ކަނޑައެޅި ގޮތަށް
  • ފީޒިބިލިޓީގެ ކުރީގެ ސްޓޭޖް، ފީސިބިލިޓީ ސްޓޭޖް، ކޮންސެޕްޓް އަދި ޑީޓެއިލް ޑިޒެއިންންގައި ވެސް ބުރިޖުގެ ލޭނަށް އުނި އިތުރެއް އައިސްފައެއް ނުވޭ

 

އެންމެ ފުރަތަމަ ސިޓީއެއް ވެސް 25 ސެޕްޓެމްބަރު 2014 ގައި އަޅުގަނޑު ހަނދާން ވަނީ، ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް ފޮނުވަނީ ސިޓީއެއް، ކޮބައިކަން އިމްޕްލެމެންޓިް އެޖެންސީއަކަށް ކަނޑައަޅާ އޮފީހަކީ. ކޮބައިކަން މީގެެ އެކެޒެކިއުޓިވް އެޖެންސީއަކީ މިހެން ގޮސް އެކަހަލަ ކަންތައްތައް. އިމްޕްލެމެންޓް ކުރަން، ފިޒިކަލީ ހިންގަން ހަވާލުކުރަން ނިންމީ ހައުސިން އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ.
... އޭގެ ކުރިން އަޅުގަނޑަކީ މި މަޝްރޫއުގެ އެއްވެސް ވަރަކަށް ބައިވެރިވި މީހެއް ނޫން. މި ދެންނެވި ތާރީޚުގެ ފަހުން އެ ޕްރޮޖެކްޓުގައި ހިނގި ހުރިހާ ކަމެއް އަޅުގަނޑަށް އިނގޭނެ. މި ދެންނެވި ތާރީޚުގެ ފަހުން މި ޕްރޮޖެކްޓުގައި އެއްވެސް ބަދަލެއް އައިސްފިއްޔާ އަޅުގަނޑަށް ވަރަށް ސާފުކޮށް އިނގޭނެ. އޭގެ ފަހުންނެއް، މި ދެންނެވީ ސެޕްޓެމްބަރު، އޮކްޓޯބަރުގެ ފަހުންނެއް، ޕްރީ ފީޒިބިލިޓީ ސްޓޭޖާއި، ފީޒިބިލިޓީ ސްޓޭޖާއި، ކޮންސެޕްޓް ޑިޒައިނިން އާއި، ޑީޓެއިލް ޑިޒައިނިން، މި ހުރިހާ މަރުޙަލާއެއް އޭގެ ފަހުން ދިޔައީ އަޅުގަނޑުގެ ބެލުމުގެ ދަށުން. އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް. އެންމެ ފުރަތަމަ ވެސް އަޅުގަނޑާ ހަވާލުވި ހިސާބުން އޮތީ ހަމަ ކޮޅަކަށް ދެ ލޭން. ދެން ސައިޑުގައި ޕެޑެސްޓްރިއަން ނުވަތަ ބައިސިކަލް ދުއްވާ ލޭނެއް ގޮތަށް ކަނޑައެޅި ބައި އެ އޮތީ ހިމަނާފައި، - ރައީސުލްޖުމްހޫރުއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި، ބުރިޖުގެ ލޭނުތަކަށް ގެނައި ބަދަލަކީ ހެވީ ވެހިކަލްތަކަށާއި ބަސްތަކަށް ދުއްވަން އޮތް ލޭނަށް، މީޓަރެއް އިތުރުކުރުމެވެ. އެގޮތުން އެންމެ ފުރަތަމަ 20 މީޓަރުގައި ހުރި ލޭންތައް، 21 މީޓަރަށް ވީ އެގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރުވި މީޓަރެއް ވަރު އިތުރުކުރި. އެއީ އިތުރަށް ހެވީ ވެހިކަލްތަކަށް ކަނޑައަޅާފައި އޮތް ލޭން އިތުރަށް ފުޅާކޮށްލަން. އެބޭފުޅުން ވެސް ބޭނުންފުޅުވެލައްވައިގެން ކުޑަކޮށް އިތުރުކޮށްލީމާ މީޓަރެއް ވަރު އިތުރުވީ. ފުރަތަމަ އޮތީ 20 މީޓަރު ދެން 21 އަށް ވީ، - ރައީސުލްޖުމްހޫރުއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ހައުސިން މިނިސްޓްރީ އިން އެ ޕްރޮޖެކްޓާ ހަވާލުވުމުގެ ކުރިއަށް ވެސް، ބުރިޖުގެ ލޭނުތަކަށް އުނި އިތުރެއް ނުވަތަ ބަދަލެއް އައި ކަމެއް އެނގިވަޑައިނުގެންނެވި ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން އެ ވުޒާރާއާ އެކު ބަދަލު ކުރެވުނު ސިޓީތަކުގައި ވެސް އެފަދަ ވާހަކައެއް ހިމެނިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޑީއެފްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ނިންމަވައިފި ޚަބަރު | 7 ގަޑިއިރު ކުރިންކޮންމެ ޙާލެއްގައިވެސް ވިސްނަންވީ ޤައުމާ އެއްކޮޅަށް: ރައީސް ޚަބަރު | 7 ގަޑިއިރު ކުރިންދިފާއީ ދާއިރާއިން އަންނަ އަހަރު ބޮޑު ހޭދައެއް ކުރާނެޚަބަރު | 8 ގަޑިއިރު ކުރިންރައީސްގެ ދެކަނބަލުންގެ ފަރާތުން، ނަޞްރުގެ ދުވަހުގެ ތަހުނިޔާ!ޚަބަރު | 10 ގަޑިއިރު ކުރިން