logo
Bank of Maldives

Bank of Maldives

ޚަބަރު

ވެރިކަން ނިމުނު އިރު ރިޒާވްގައި އެއް ބިލިއަން ޑޮލަރު ނެތް، ޔާމީން ހެއްދެވީ ބުހުތާނު ދޮގު: ސޯލިޙް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 ނޮވެމްބަރު 2024 - 07:08
ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު، މަޖިލީހަށް ބަޔާން ހުށަހެޅުއްވި ޖަލްސާއެއްގައި ރައީސް ސޯލިޙުއާ ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު، މަޖިލީހަށް ބަޔާން ހުށަހެޅުއްވި ޖަލްސާއެއްގައި ރައީސް ސޯލިޙުއާ ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ދައުލަތުގެ ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވި ނަމަވެސް، އެއީ ބުހުތާނު ދޮގު ކަމުގައި އެންމެ ފަހުގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙް ވިދާޅުވެެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ފުދިއްޖެ، ފުނޑިއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުން ފައިބައި ވަޑައިގެންނެވިއިރު، ރިޒާވްގައި އެއް ބިލިއަން ޑޮލަރު ހުންނަވާނެ ކަމުގައި ވިދާޅުވި އަޑު އެއްސެވި ނަމަވެސް، އެއީ ބުހުތާނު ދޮގު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޞޯލިޙް އެފަދައިން ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފްގެ ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅަށް އިޝާރަތްކުރައްވަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ނަންފުޅު ވިދާޅު ނުވެ، އެހެން ނަމަވެސް އެމަނިކުފާނަށް އިޝާރަތް ކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރު ފެށިއިރު، އެސްޑީއެފްފައި ހުރީ 572 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގެ ގޮތުގައު ހުރީ 162 މިލިއަން ޑޮލަރެވެ.

އަޅުގަނޑު އަޑުއެހިން އިހަށް ދުވަހު ކޮންމެވެސް ބޭފުޅެއް [ރައީސް އަބްދުﷲ ޔާމީން] ވިދާޅުވާ އަޑު، ތިމަންނަ ފައިބައިގެން ދިޔައިރު [ރިޒާވްގައި] އެއް ބިލިއަން ޑޮލަރު ސަރުކާރުގެ ރިޒާވްގައި ހުންނާނޭ. [އެއީ] ބުހުތާނު ދޮގު. އެ ލިސްޓަށް އިތުރުވަމުން އެދަނީ. ދައުލަތުގެ އެބޭފުޅުން ފައިބައި ވަޑަިއގެންނެވި ދުވަހު، އެ [2018 ވަނަ އަހަރުގެ] ނޮވެމްބަރު މަހު ނިމުނު އިރުގައި ދައުލަތުގެ ރިޒާވްގައި ހުރީ 572 މިލިއަން ޑޮލަރު. ޔޫސަބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން ޑޮލަރު ވެސް ނެތް. [ހުރީ] 162 މިލިއަން ޑޮލަރު. މިއީ އެދުވަހުގެ ހާލަތު، އެހެން އޮތްވާ ކޮވިޑް އަޅުގަނޑުމެންނާ ކުރިމަތިލީ، - ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް

ރައީސް ސޯލިޙް ވަނީ، އެސްޑީއެފްގައި ހުންނާނެ ކަމަށް އެބޭފުޅުން ވިދާޅުވި އަދަދަކީ ވެސް ގޯސް އަދަދެއް ކަމުގައި ވިދާޅުވެ، އެމްޑީޕީގެ ވެރިކަން ފެށުނު އިރު އެސްޑީއެފްގައި ހުރީ 1.9 ބިލިއަން ޑޮލަރު ކަމުގައި ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ު ރައީސް ޞާލިޙާއި މައްސަލައެއް ދެމިގެންދާހާ، ބައިވަރު އެއްޗެހި ބުނެފައެއް ނޯންނާނެ: ރައިސް ނަޝީދުޚަބަރު | މަހެއް ކުރިންވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | މަހެއް ކުރިންޔާމީން ކޯޓަށް ގޮންޖައްސަވައި ފިއްލެވުން: ގާނޫނާއި ޚިލާފު ކިބުރުވެރި ޢަމަލެއްރިޕޯޓް | 3 މަސް ކުރިންކޯޓަށް ހާޒިރުނުވެ ދިއްދޫއަށް ވަޑައިގަތުމުން ޔާމީނަށް ކޯޓުގެ އިންޒާރުޚަބަރު | 3 މަސް ކުރިން