logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން- ރައީސް

ހުސައިން ވަސީމް
13 ނޮވެމްބަރު 2024 - 12:22
މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން  - ރައީސް

ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމަޔެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނިކޮށެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެމްބަރެއްކަމުގައިވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ޢަބޫބަކުރެވެ. މިބިލުގައި ވަނީ މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް ލައިސަންސް ބާތިލް ކުރުމުގެ ބާރު ވެސް ލިބޭ ގޮތަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިބިލާ ގުޅިގެން ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން ރައީށް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރާ ހަމަޔެއްނޫން ކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޢަބްދުލްޙަންނާން ޢަބޫބަކުރު ހުށަހެޅުއްވި ބިލުގައި ވަނީ މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް ލައިސަންސް ބާތިލް ކުރުމުގެ ބާރު ވެސް ލިބޭ ގޮތަށެވެ. މިބިލު ހުށަހެޅުއްވި ސަބަބެއްކަމަށް މެމްބަރު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާ ނޫސްވެރިންނަށް ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދެއްވުން ކަމަށެވެ. އަދި ނޫސްވެރިންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުން ކުރަމުންދޭތޯ ކަށަވަރު ކުރުމާއި ނޫސްވެރިކަމުގެ މިންގަނޑުތައް ހިފަހައްޓަމުންދޭތޯ ބެލުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

ބިލުގައިވާ ގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އުވާލުމަށް ވަނީ ނިންމާފައެވެ. އަދި މީޑިއާތައް ރެގިއުލޭޓް ކުރުމަށް މި ކޮމިޝަންތަކުގެ ބަދަލުގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.

ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ، އެންމެން ހަމަހަމަވާންޖެހޭނެ: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންރައީސަކަށް ރަސްދޫއިން ދެންނެވި އެންމެ ހޫނު މަރުހަބާ ރައީސް ޑރ. މުޢިއްޒުއަށް!ޚަބަރު | 11 ގަޑިއިރު ކުރިންރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | 2 ދުވަސް ކުރިންމެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، އުފެއްދި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް!ޚަބަރު | 2 ދުވަސް ކުރިން