logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިންގެ ތެރޭގައި ވަރަށް ގޮތްކުޑަ މީހުން އުޅޭތަން ރޭގައި ފެނުނު: ސައުދުﷲ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ނޮވެމްބަރު 2024 - 12:29
ދިވެހިންގެ ތެރޭގައި ވަރަށް ގޮތްކުޑަ މީހުން އުޅޭތަން ރޭގައި ފެނުނު: ސައުދުﷲ

ދިވެހިންގެ ތެރޭގައި ވެސް ހަޔާތްކުޑަ، ވަރަށް ގޮތްކުޑަ މީހުން އުޅޭކަން ރޭގައި ފެނިގެންދިޔަކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ސައުދުﷲ ވަނީ، މި ބަޖެޓުގެ މަޝްރޫޢޫތައް ވަކިން ހިމަނާފައި ނެތް ނަމަވެސް، އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހިމަނާފައިވާކަން ފާހަގަކުރަށްވާފައެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓަކީ އުންމީދީ ބަޖެޓެއްކަމަށް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ދެއްކެވި ވާހަކާގައި ވިދާޅުވީ، ޤައުމު އަނެހެން ބުނާނަމަ މިހާރު މިއޮތީ ''އިނދަޖެހިފައި'' ކަމަށާއި، އެހެން އެކަންވީ ވެރިކަމުން ފައިބައިގެން ދިޔަ މީހުން ކަންކޮށްފައިވާ ގޮތުން ކަމަށެވެ.

''ޤައުމު މިހާރު މި އޮތީ އަނެއްހެން ދަންނަވައި ކަމަށް ވެއްޖެއްޔާމުން އިނދަޖެހިފައި، އަމިއްލަ ހާލައިގެން ނޫޅެވޭވަރުވެފަ، އެހެންވާން ޖެހުނީ ބަޔަކު މި ޤައުމު ފުޅިއްސައިލާފައި އޮތީމަ، ވައްކަމާއި ކޮރަޕްޝަނާއި އެހެން ގޮސް އިސްރާފާއި މި ހުރިހާ ކަމެއް ކޮށްފައި ހުރީމަ އެހެން ވާންޖެހެނީ، އަޅުގަނޑު ހިތަށްއަރާ ދިވެހިންގެ ތެރޭގައި ވެސް ވަރަށް ހަޔާތްކުޑަ، ގޮތްކުޑަ މީހުން އުޅެއޭ، އެކަން އަޅުގަނޑުމެންނަށް ރޭގައި ފެނުނު'' ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ، އެހެންނަމަ، ޕޯޑިއަމްތަކަށް އަރާ އެފަދަ ވާހަކަތައް ނުދެއްކީސް ކަމަށެވެ. ރާއްޖޭގެ އިރުން ހުޅަނގަށް، ދެކުނުން އުތުރަށް ޕްރޮޖެކްޓުތައް ހިންގެވި ވާހަކަ ބައެއް ބޭފުޅުން ދެއްކެވިއިރު އެ ޕްރޮޖެކްޓުތައް ހިންގެވި ބޭފުޅުން މިހާރު ތިބީ މިލިއަނަރުންނަށް ވެފައި ކަމަށް ވެސް މެމްބަރު ވަނީ ފާހަގަކުރަށްވާފައެވެ. އަދި ރާއްޖޭގެ ބަޖެޓު އެ ބޭފުޅުންނަށް ފެނުނީ ޤުދުރަތުން ދެއްވި ބޮޑު ޚަޒާނާއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީޔޫ އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ދިޔާނާ އަޔަންކުރުން ކޮމެޓީން ރުހުންދީފިޚަބަރު | ދުވަހެއް ކުރިންގައިދީން ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންޖަޕާނު މަހެއް ވިހާހެން ގާނޫނާއި ގަވާއިދާ ހިލާފަށް ވަޒީފާތައް ދިނީ އެމްޑީޕީ ސަރުކާރުން: އައިބީޚަބަރު | 3 ދުވަސް ކުރިން''މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަކީ އަމާޒު''ޚަބަރު | 3 ދުވަސް ކުރިން