logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހަތަރު ކުލަބަކުން މެންޗެސްޓަރ ސިޓީގެ ތެޔޮވަޅު ކޮންނަނީ

އަބްދުﷲ ޣާނިމް
14 ނޮވެމްބަރު 2024 - 04:59
ޕްރީމިއަރ ލީގުން އަންނަނީ މެންޗެސްޓަރ ސިޓީ އާ ދެކޮޅަށް 115 ދަޢުވާ ކުރަމުން.ފޮޓޯ: ގެޓީ އިމޭޖެސް
ޕްރީމިއަރ ލީގުން އަންނަނީ މެންޗެސްޓަރ ސިޓީ އާ ދެކޮޅަށް 115 ދަޢުވާ ކުރަމުން.ފޮޓޯ: ގެޓީ އިމޭޖެސް

މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޕްރިމިއަރ ލީގުގެ ހަތަރު ވާދަވެރި ކުލަބަކުން ބަދަލު ހޯދުމަށް ދަޢުވާކުރަން ނިންމައިފިއެވެ.  މިއީ ތެލުގެ ވިޔަފާރީގެ އޯނަރުން މެންޗެސްޓަރ ސިޓީން ގަތް ފަހުން އެޓީމުން ފެއަރ ޕްލޭގެ ގަވާއިދާ ޚިލާފުވެގެން ތުހުމަތުކުރެވޭ މައްސަލައިގައި ކުރިޔަށް ގެންދާ 115 ދައުވާތަކުގައި މެންޗެސްޓަރ ސިޓީއިން ކުށްވެރިވެއްޖެނަމަ ބަދަލު ހޯދުމަށް ކުރާ ދަޢުވާއެކެވެ.

ދަ ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑް، ލިވަރޕޫލް، އާސެނަލް އަދި ޓޮޓްނަމް ހޮޓްސްޕަރ ވަނީ ބަދަލު ހޯދުމުގެ ހައްގު ރައްކާތެރިކުރުމަށް ޓަކައި އާބިޓްރޭޝަން އިޖުރާއަތުތަކެއް ފަށައިފައެވެ. މި މައްސަލަ ބަލަމުންދަނީ މިނިވަން ރެގިއުލޭޓަރީ ކޮމިޝަނަކުންނެވެ. އަދި މި މައްސަލައިގެ ނިންމުމެއް އަންނާނީ އަންނަ އަހަރު ކަމަށް ބެލެވެއެވެ.

މި ހަތަރު ކުލަބުން މިހާރު މި ދަޢުވާ ކުރަން ނިންމާފައިވަނީ، މައްސަލައިގެ ނިންމުމަށް އިންތިޒާރުކޮށްފިނަމަ ބަދަލު ހޯދުމަށް ލަސްވެދާނެކަމުގެ ކަންބޮޑުވުން އޮތުމާއެކުގައެވެ. ގާނޫނީ މާހިރުންގެ ލަފާކުރާގޮތުގައި، ދަޢުވާކުރުމުގެ މުއްދަތު ހަ އަހަރަށް ކަނޑައެޅިފައިވާތީ، މި ކުލަބުތަކުން އަވަސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. މި މުއްދަތު ގުޅިފައިވަނީ 2018 ވަނަ އަހަރު ޑަރ ސްޕީގަލްއިން ހާމަކުރި ފުޓްބޯލް ލީކްސްގެ ރިޕޯޓާއެވެ. އެ ރިޕޯޓުގައި ހާމަކޮށްފައިވަނީ މެންޗެސްޓަރ ސިޓީން މާލީ ގޮތުން ނަހަމަ ގޮތުގައި ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެކެވެ.

މެންޗެސްޓަރ ސިޓީ ކުށްވެރިވެއްޖެނަމަ، މި ވާދަވެރި ކުލަބުތަކުން ބަދަލު ހޯދުމަށް ފުރުސަތު ލިބިގެންދާނެކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ގެއްލިފައިވާ ޓައިޓަލްތަކާއި، ޗެމްޕިއަންސް ލީގަށް ހޮވުމުގެ ފުރުސަތު ގެއްލުމާއި، އެހެނިހެން އާމްދަނީއާ ގުޅުންހުރި ގެއްލުންތައް ހިމެނެއެވެ. މި ގެއްލުންތަކުގެ އަގު އެތައް ސަތޭކަ މިލިއަން ޕައުންޑަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް މިހާރު ކުރަމުން ގެންދާ 115 ދަޢުވާ ސާބިތުވެއްޖެނަމަ ސިޓީ ޕްރީމިއަރ ލީގުން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުން ނުވަތަ ޕްރީމިއަރ ލީގުގައި ޕޮއިންޓް މަދުކޮށް ބޮޑު އަދަދަކުން ޖޫރިމަނާކޮށް އެހެނިހެން މުބާރާތް ތަކުގައި ބައިވެރިވުން ހުއްޓުވުން ފަދަ ބޮޑެތި އަދަބުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ޕްރީމިއަރ ލީގު: ޕެޕް ގުއާޑިއޯލާ ގެ އައު ކޮންޓްރެކްޓާއެކު ބަލިވުމުގެ އައު ރެކޯޑެއް ހަދައިފިކުޅިވަރު | 10 މަސް ކުރިންހަތަރު ކުލަބަކުން މެންޗެސްޓަރ ސިޓީގެ ތެޔޮވަޅު ކޮންނަނީކުޅިވަރު | 10 މަސް ކުރިންމެންޗެސްޓަރ ސިޓީ: ކެއިކެއިނުން ބަނޑު ފަޅައިގެންދަނީ؟ކުޅިވަރު | 10 މަސް ކުރިންޔުއޭފާ ޗެންޕިއަންސް ލީގު: ޔޯކެރޭޝްގެ ހެޓްރިކުން ސިޓީ ބަލިކޮށްފިކުޅިވަރު | 10 މަސް ކުރިން