ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރަނީ


14 ނޮވެމްބަރު 2024 - 09:30
ށ. ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާ އެކު އީކޯ ޕާކެއް ތަރައްގީ ކުރަން ކައުންސިލުން ނިންމައިފި އެވެ.
ފުނަދޫ ކައުންސިލުން މިހާރުވަނީ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްޤީކުރުމަށް ސަރވޭއާ ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 އާ ހަމައަށެވެ. އޭގެ ކުރިން މި މަހުގެ 19 ގެ މެންދުރު ފަހު 1:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް މެއިލް ކުރަން ޖެހެ އެވެ. މެއިލް ކުރާނީ މި [email protected] މެއިލަށެވެ.
ދައްފަޅަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ގުދުރަތީ ގޮތުން މުއްސަނދި ފަޅެކެވެ.
މިމަޝްރޫޢުގައި ހިމެނޭ އީކޯ ޕާކުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރެވޭއިރު ތަފާތު މޫދު ކުޅިވަރުތައް ކުޅުމާއި، އަދި މި ތަނަށް އަންނަ ފްލެމިންގޯ ފަދަ ދޫނިތައް ބަލާނެ ޕްލެޓްފޯމަކާއި ބޮޑެތި ކަކުނިތައް (މަޑް ކްރޭބް)އާލާ ކުރާނެ މަރުކަޒުތަކާއި ފްލޯޓިން ރެސްޓޯރެންޓެއް ވެސް ހިމެނޭނެއެވެ.
މިމަޝްރޫޢު މިގޮތަށް ފަރުމާ ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ އިޤްތިޞާދީ ނަފާ ހޯދުމުގައި ގުދުރަތީ މުއްސަނދިކަން ރައްކާތެރި ކުރެވި، ހިމާޔަތްކުރެވި ދެމެހެއްޓެނިވި ގޮތުގައި މި ސަރަޙައްދު ބޭނުންކުރެވޭނެ ގޮތަށް، ރަނގަޅަށް ފަރުމާ ކުރެވި، ތަރައްޤީ ކުރެވުންކަމަށް ކައުންސިލުން ބުނެއެވެ.
އިތުރު ލިޔުންތައް

ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްރަށް ކަނޑައަޅުމުގެ ބާރު ރައީސްއަށްދޭ ބިލު ދިރާސާކުރަން ކޮމިޓީއަށް
2 މަސް ކުރިން
ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްރަށް ކަނޑައަޅުމުގެ ބާރު ރައީސައަށް ދޭ ބިލު، ރައީސް ތަސްދީޤުކުރައްވައިފި
މަހެއް ކުރިން