logo
Bank of Maldives

Bank of Maldives

ޚަބަރު

ވެރިންނަށް ނިންމަން އުނދަގޫވި ކަންކަން އެދަނީ ނިންމަވަމުން، އެއްބާރުލުން ދީ: ނަރީޝް

އާމިނަތު ޝަފާ
14 ނޮވެމްބަރު 2024 - 11:10
ވެރިންނަށް ނިންމަން އުނދަގޫވި ކަންކަން އެދަނީ ނިންމަވަމުން، އެއްބާރުލުން ދީ: ނަރީޝް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވަމުން ގެންދަވަނީ އެހެން ރައީސުންނަށް ކުރަން ނުކެރުނު ކަންކަންކަމަށް ވީއިރު ހުރިހާ ސިޔާސީ ލީޑަރުން މި ނިންމުންތަކަށް މަރުޙަބާ ކިޔާ އެބާރުލުން ދޭންޖެހޭކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ ޑޮލަރު މާރުކުރުމުގެ އައު ގަވާއިދުގެ ސަބަބުން ބައެއް ވިޔަފާރިވެރިން ހިތްމަހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށް ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންނަކީ އާދައިގެ ދިރިއުޅުމެއް އުޅެންޖެހިފައިވާ ރައްޔިތުންކަމަށެވެ. އަދި ކަންކަން ސަރުކާރުން ނިންމަންވާނީ މެޖޯރިޓީ އަދި މުޅިގައުމަށް ފައިދާވާގޮތަށްކަމަށާއި އަދުގެ ރައީސް ޑރ. މުއިއްޒު ނިންމަވަމުން އެގެންދަވަނީ އެހެން ރައީސުންނަށް ކުރަން ނުކެރުނު މުޅިގައުމަށާއި ރައްޔިތުންނަށް ދިގު ރާސްތާ އަދި ކުރު ރާސްތާގައި ލާބަޔާއި މަންފާކުރާނެ އުނދަގޫ ނިންމުންތަކެއްކަމަށެވެ. އަދި ގައުމަށް ހެޔޮއެދޭނަމަ ހުރިހާ ސިޔާސީ ލީޑަރުން މި ނިންމުންތަކަށް މަރުޙަބާ ކިޔާ އެބާރުލުން ދޭންޖެހޭކަން ނަރީޝް ފާހަގަކުރެއްވިއެވެ.

ޑޮލަރު މާރުކުރުމުގެ އައު ގަވާއިދަށް އަމަލުކުރުން ހުއްޓާލުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)އާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އިތުރުން ނުފޫޒު ގަދަ ބައެއް ވިޔަފާރިވެރިން އަންނަނީ ގޮވާލަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ކުޅިވަރުގެ އާއިލާ ހެއްވާލަދީފި. މި ސަރުކާރުން ހުރިހާ ކަމަކަށް ހައްލު ގެނެސްދެއްވާނެ. : މެމްބަރު އަލީ އިބްރާހިމްކުޅިވަރު | ދުވަހެއް ކުރިންރައީސްގެ ވައުދުފުޅާ އެއްގޮތަށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށްފިޚަބަރު | 2 ދުވަސް ކުރިންމި މުރާލިކަމާއި އޯގާވެރިކަން ، ގަދަ ކަނޑުގައި، ބާރު އަވީގައި ބޯވާރޭގައި ވެސް ޚިދުމަތުގައިރިޕޯޓް | 3 ދުވަސް ކުރިންބަނޑުހައިހޫނުކަމުގައި އުޅޭ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބައިވާން ޖެހޭ: ފަސްޑް ލޭޓީޚަބަރު | 3 ދުވަސް ކުރިން