logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ސާލިހު މާލޭ ސިޓީ ކައުންސިލާ ބައްދަލެއްނުކުރައްވާ: ނަރީޝް

އާމިނަތު ޝަފާ
15 ނޮވެމްބަރު 2024 - 06:12
ރައީސް ސާލިހު މާލޭ ސިޓީ ކައުންސިލާ ބައްދަލެއްނުކުރައްވާ: ނަރީޝް

ކައުންސިލްތައް ބާރުވެރިކުރުވާ ވާހަކަ އިދިކޮޅު އެމްޑީޕީން ދައްކާއިރު އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު މާލޭ ސިޓީ ކައުންސިލާ ބައްދަލުވެސް ކުރައްވާފައި ނުވާކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

" ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ބައްދަލެއް ނުކުރެއްވި ކައުންސިލަކާ. އަދި ނުވިތާކަށް އެބޭފުޅުންގެ ޕާޓީގެ ކައުންސިލަރުންނާ ވަކިންވެސް ބައްދަލުނުކުރެއްވި. މި ދަންނަވަނީ ރާއްޖޭގެ 3 ބައިކުޅަ ދެބަޔަސް ހިދުމަތްދޭ ކައުންސިލެއްގެ ވާހަކަ. ހަމައެކަނި މި އިބާރާތުން ވެސް ދޭހަވާނެ ލާމަރުކަޒީއާމެދު އެމްޑީޕީން ދެކޭގޮތް".

ނަރީޝް ވަނީ މީގެ އިތުރުންވެސް އެމްޑީޕީގެ ވެރިކަމުގައި ސިޓީ ކައުންސިލަށް ކުރި އުނދަގޫތައް ހިއްސާކުރައްވާފައެވެ.

" ދެ އިރު ކާ ބޭހެއްހެން އަކުރަމް ކަމާލުއްދީން ސިޓީ ފޮނުއްވި ބިންތައް އަތުލަން. އެހާ ވަރަކަށް ބަޔަކަށް ޖެެއްސުންކުރެވޭނީ"

ނަރީޝް އިތުރަށް ވިދާޅުވީ މިހާރު މޭޔަރަކަށް ހުންނެވީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެއްކަމަށާއި ނަމަވެސް އެއްވެސް ކަމެއްގައި ސިޓީ ކައުންސިލަށް ސަރުކާރުން ދުއްތުރާ ނުކުރާކަމަށެވެ. ވުމާއެކު ކައުންސިލްތައް ބާރުވެރިކުރުވައި ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަ މާނައިގައި ހިނގާތަން ފެންނަނީ މިހާރުކަމަށް ނަރީޝްވަނީ ވިދާޅުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ސިޓީ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފިޚަބަރު | 7 މަސް ކުރިންނަރީޝްގެ ސުވާލެއް: ޤާނޫނު އަސާސީގެ މައްޗަށް ފައިންއެރި ބަޔަކަށް ގާނޫނު އަސާސީ ހިމާޔަތް ކުރެވޭނެތަ؟ ޚަބަރު | އަހަރެއް ކުރިންކުރީ ސަރުކާރުން ކައުންސިލްތަކަށް ބާރު ދިނީ މޮހޮނަށް އޮޑިދޭ އުސޫލުން- ނަރީޝްޚަބަރު | އަހަރެއް ކުރިންރައީސް ސާލިހު މާލޭ ސިޓީ ކައުންސިލާ ބައްދަލެއްނުކުރައްވާ: ނަރީޝްޚަބަރު | އަހަރެއް ކުރިން