މާލޭ ސިޓީ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި
12 މާރިޗު 2025 - 09:04

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމުންނާއި ކައުންސިލް މެމްބަރުކަމުން އަހުމަދު ނަރީޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފި ކަމަށެވެ.

Ad by Hajj Corporation
ނަރީޝް ވަނީ އެއީ ކޮން ކަމެއްކަން ބަޔާން ކުރެއްވުމެއް ނެތި ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި އޭނާ އަށް ވޯޓު ދެއްވި ރައްޔިތުންނަށާއި މީހުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި މޭޔަރު އާދަމް އާޒިމްގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށާއި ކައުންސިލްގެ އެހެން މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރި ކަމަށް ވެސް ނަރީޝް ޝުކުރު އަދާކުރެއްވި އެވެ.