ކުރީ ސަރުކާރުން ކައުންސިލްތަކަށް ބާރު ދިނީ މޮހޮނަށް އޮޑިދޭ އުސޫލުން- ނަރީޝް
22 ނޮވެމްބަރު 2024 - 10:23
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ކައުންސިލްތަކަށް ބާރު ދިނީ މޮހޮނަށް އޮޑިދޭ އުސޫލުން ކަމަށާ އެމަނިކުފާނުގެ ދައުރު ނިމުން އިރު ލާމަރުކަޒީ ނިޒާމު ފުނޑާލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ނަރީޝް ވިދާޅުވީ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު ފެނިގެންދިޔައީ މޮހޮނަށް އޮޑިދޭ އުސޫލުން ހުރިހާ ކައުންސިލްތަކަކަށް ބާރުދިން ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އެމްޑީޕީ ސަރުކާރު ވެރިކަމަށް އަންނަންވެގެން 2018 ވަނަ އަހަރުގެ ކެމްޕޭނުގައި އެންމެ ގަދައަށް ދެއްކި އެއް ވާހަކަ އަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމުގެ ވާhaކަ ކަމަށާ އެހެން ނަމަވެސް ވެރިކަން ނިމުނުއިރު ލާމަރުކަޒީ ނިޒާމު ފުނޑަލާފައިވާ ކަަމަށް ނަރީޝް ވިދާޅުވި އެވެ.
ރައީސް ޞާލިހު ވެރިކަމަށް އަންނަންވެގެން ދެއްކި އެއް ވާހަކައަކީ ހުޅުމާލެ މުނިސިޕަލް ސާވިސް މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ވާހަކަ ކަމަށާ ވެރިކަން ނިމުނު އިރު އެވާހަކަތައްވީ ކުރު ވާހަކައަކަށް ކަމަށް ނަރީޝް ވިދާޅުވި އެވެ. އޭރު ހުރިހާ މިސްކިތް ތަކެއް އިސްލާމިކް މިނިސްޓްރީ އަތުން އަތުލާ ކައުންސިލްތަކާ ހަވާލުކުރީ އެއްވެސް ބަޖެޓެއް ނުދީ ކަމަށާ ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ބާރުތަކެއް ދިނީ އެއްވެސް ޕްލޭނެއް ނެތި ބަޖެޓެއްވެސް ނުދީ އަދި މުވައްޒަފުންވެސް ނުދީ ކަމަށް ނަރީޝް ވިދާޅުވި އެވެ.
އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު ފެނިގެންދިޔައީ މޮހޮނަށް އޮޑިދޭ އުސޫލުން ހުރިހާ ކައުންސިލްތަކަކަށް ބާރުދިން ސަރުކާރެއްގެ ގޮތުގައި މިހާރުގެ ރައީސްގެ ގަރާރަކުން ހުރިހާ ބާރުތަކެއް ކައުންސިލްތަކަށް ދޭން ޖެހޭ ތަންތަން 2019 ވަނަ އަހަރު ކައުންސިލްތަކަށް ދެއްވި އެކަމަކު އިބޫ ވެރިކަމަށް އަންނަން އެންމެ ގަދަޔަށް ދެއްކި ވާހަކައަކީ ހުޅުމާލެ މުނިސިޕަލް ސާވިސް މާލެ ސިޓީ ކައުންސިލާ ހަވާލުކުރާ ވާހަކަ އެވާހަކަ އެންމެ ފަހުން ނިނިމިގެން ދިޔައީ ކުރުވާހަކައަކަށްވެގެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިސްކިއްތައް އިސްލާމިކް މިނިސްޓްރީން ނަގާ ކައުންސިލްތަކަށް ދިންތަން އެއްވެސް ބަޖެޓަކާ ނުލާ އަދި ދައުލަތުގެ އެއްއިދާރާ އިން އަނެއް އިދާރާއަކަށް ބަރުތަކެއް ބަދަލުކުރިތަން .
ފެނިގެން ދިޔައީ ބާރުތަކެއް ނަމެއްގައި ދިން ތަން ކަމަށާ އޭގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން ޖެހުނީ ކައުންސިލް ތަކުން ކަަމަށް ނަރީޝް ވިދާޅުވި އެވެ.
އޭރު ސަރުކާރުން ކަންކުރީ މޮހޮނަށް އޮޑި ދޭ އުސޫލުން ތިމަންނާ މެންނަކީ ލާމަރުކަޒީގެ ޗެމްޕިއަނުން ކަމަށް ބުނެ އޭރު ސަރުކާރުން ޖެހީ ސަކަރާތެއް ކަމަށާ ހަގީގީ މާނައިގަ އެއްވެސް ބާރުވެރިކަމެއް ކައުންސިލްތަކަކަށް ނުދޭ ކަމަށް ނަރީޝް ވިދާޅުވި އެވެ.
އޭރު އެބޭފުޅުންކަންކުރެއްވީ މޮހޮނަށް އޮޑިދޭ އުސޫލުން ތިމަންނާ މެމްނަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނުންނޭ ކިޔާފަ ރަށްރަށުގަ ތިބެގެން ހިދުމަތް ހޯދޭނޭ ނިޒާމު ފައްކާ ކުރަންށޭ ކިޔާފަ އެބޭފުޅުންޖެހި ސަކަރާތް ފެންނާނެ ނޫންތޯ ހާގީގީ މާނައިގަ ބާރުވެރިކަމެއް ނުދިން ނުލިބޭ އެއްވެސް ކައުންސިލަކަށް
މީގެއިތުރުން ނަރީޝް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނުން ކަމަށް ބުނާ ސަރުކާރަކުން އޭރު އެއްވެސް ކައުންސިލަކާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ އިބްރާހީމް މުހައްމަދު ޞާލިހު އެއްވެސް ކައުންސިލަކާ ބައްދަލެއް ނުކުރާ ކަމަށެވެ. އަދި އެމްޑީޕީން އިންތިހާބުވެ ތިބި 6 ކައުންސިލަރުންނާ ވަކީންވެސް ދައުރު ނިމުން ިއރުވެސް ބައްދަލު ނުކުރާ ކަމަށް ނަރީޝް ވިދާޅުވި އެވެ.
އޭރު ސަރުކާރުން ކުރިހާވެސް ކަމަކީ ކައުންސިލްތަކަށް ޖެއްސުން ކުރުން ކަމަށް ނަރީޝް ވިދާޅުވި އެވެ. އޭރު ސަރުކާރުން ގެންދިޔައީ ކައުންސިލްތަކަށް ވާން އޮތް ހުރިހާ ކަމަކަށް ހުރަސް އަޅަމުން ކަމަށް ނަރީޝް ވިދާޅުވި އެވެ.