logo
ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާލިބިދާނެ ޢަމަލެއްކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިBank of Maldives

Bank of Maldives

ޚަބަރު

ބޭނުންކުރަން ފެށިތާ 6 އަހަރު ފަހުން، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
15 ނޮވެމްބަރު 2024 - 16:00
ދަރުމަވަންތަ ހޮސްޕިޓަލް: އެ ހޮސްޕިޓަލް ވަނީ ރަސްމީކޮށް ހުޅުވައިފައި -- ފޮޓޯ: ސަން އޮންލައިން
ދަރުމަވަންތަ ހޮސްޕިޓަލް: އެ ހޮސްޕިޓަލް ވަނީ ރަސްމީކޮށް ހުޅުވައިފައި -- ފޮޓޯ: ސަން އޮންލައިން

2019 ވަނަ އަހަރު އޮޕަރޭޝަނަށް ގެނެސް ބޭނުންކުރަން ފެށި ދަރުމަވަންތަ ހޮސްޕިޓަލް, ޓާޝިއަރީ ފެންވަރުގައި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

2015 ވަނަ އަހަރު ޢަމަލީ މަސައްކަތް ފަށައި، 2018 ވަނަ އަހަރު ޢަމަލީ މަސައްކަތް ނިންމި އެ ހޮސްޕިޓަލް މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށްޓަކައި މިރޭ ވަނީ، ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ރަސްމިއްޔާތުގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން، ނޭޝަނަލް ފާޓިލިޓީ ސެންޓަރު އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް އަދި ހައިބްރިޑް ކެތުލެބް ވެސް ރަސްމީކޮށް ހުޅުވައިފައެެވެ.

f9def784-003e-4fe7-884f-c735a676778e.jpg

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދަރުމަވަންތަ ހޮސްޕިޓަލަކީ ދައުލަތުގެ ބަޖެޓުން ގާތްގަޑަކަށް 200 މިލިއަން ޑޮލަރު ނުވަތަ 3 ބިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ޢިމާރަތްކުރި ހޮސްޕިޓަލެކެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް، އެ ހޮސްޕިޓަލު ރަސްމީކޮށް ނުހުޅުވައި، ބައެއް ފަންގިފިލާތަކުގައި ހުރީ ތަޅުއެޅުވި، ބައެއް ޚިދުމަތްތައް ނުފެށިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހުޅުވަން ނިންމި އެ ހޮސްޕިޓަލް ހުޅުވުމަށްޓަކައި، 2018 ވަނަ އަހަރުގެ ޖުލައި 26 ގައި އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް އެ ސަރުކާރުން އަމާޒުހިފިއެވެ. އެހެން ނަމަވެސް އެކަން އެގޮތުގައި ނުވެ، 2019 ވަނަ އަހަރުގެ ކުރީކޮޅު އެ ހޮސްޕިޓަލް ބޭނުންކުރަން ފެށިއެވެ.

އެހެން ނަމަވެސް މިރޭ އެ ހޮސްޕިޓަލް ހުޅުވާފައިވަނީ، މީގެ ކުރިން އެ ހޮސްޕިޓަލުގައި ބޭނުންނުކޮށް ހުރި ބައެއް ފަންގިލާތައް ވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވުމަށް ފަހުގައެވެ. އެގޮތުން މީގެ ކުރިން އެ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާ އިން 19 ވަނަ ފަންގިފިލާ ބޭނުންނުކޮށް ހުރި ނަމަވެސް، މިހާރު އެ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާގައި 16 އެނދުގެ އެންއައިސީޔޫ އާއި 6 އެނދުގެ ޑެލިވަރީ ސުއިޓް އަދި 18 އާއި 19 ވަނަ ފަންގިފިލާގައި ވެސް 14 އެނދު ބަހައްޓައިގެން ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޮންބަންޑާރައިންގެ ޖިހާދީ ހަނދާންތައް މި ފަސްގަނޑުގައި ވަނީ ޝުކުރުވެރިކަމާއެކު ދިރިދިރި: ރައީސް ޚަބަރު | 10 ގަޑިއިރު ކުރިންމާދަމާ ރޭ ރައީސް މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ ޚަބަރު | ދުވަހެއް ކުރިން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން ޚިދުމަތް ދޭން ފަށައިފިޚަބަރު | ދުވަހެއް ކުރިންއަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންޖެހޭނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި: ރައީސްޚަބަރު | 2 ދުވަސް ކުރިން