logo
ޚަބަރު

ބ. އޭދަފުށީގައި 15 ބުރީގެ ޓަވަރުތަކާއެކު، ހާހަކަށް ވުރެ ގިނަ ފްލެޓް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
16 ނޮވެމްބަރު 2024 - 06:22
ބ. އޭދަފުށި
ބ. އޭދަފުށި

ބ، އޭދަފުށީގައި 1،000 ފްލެޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާއެކު، ރާއްޖޭގެ ސަރުކާރުން ސޮއިކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި، އޭދަފުށީގައި 1،000 ފްލެޓް އެޅުމަށް ސޮއިކުރީ ޗައިނާގެ ސައިންހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެކުއެވެ. އެގޮތުން އެ އެއްބަސްވުމުގައ ސަރުކާރުގެ ފަރާތުން އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު، ޗައިނާގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއަންޒޯ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އެއްބަސްވުމުގެ ދަށުން އޭދަފުށިގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ނިންމާފައިވާއިރު، އެ ޓަވަރުތަކުގައި ތިން ކޮޓަރީގެ 336 ފްލެޓް އަދި ދެ ކޮޓަރީގެ 672 ފްލެޓް އެޅުމަށް ވަނީ ނިންމާފައެވެ.

undefined

އެގޮތުން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްތަލިބް ވިދާޅުވީ އޭދަފުށްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރަކަށް ވާއިރު، ވާޓިކަލް ޑެވެލޮޕްމަންޓަށް ދިޔުމަށް ސަރުކާރުން ނިންމީ، އެ ރަށުގެ ބިމުގެ ޖާގައި އޮތް ގޮތުންނާއި، ބިން އިތުރުކުރެވެން ނެތުމާއެކު އެކަމަކީ މުހިންމު ކަމެއްގެ ގޮތުގައި ފެންނާތީ ކަމަށެވެ.

[ވާޓިކަލް ޑެވެލޮޕްމަންޓަށް ދިޔުމަށް ނިންމީ] އޭދަފުއްޓަކީ ސަރުކާރުން ކަނޑަޅާފައިވާ އުރްބަން ސެންޓަރަކަށް ވުމާއި، އެރަށުގެ ބިން އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތުގެ ތެރެއިން ބިން އިތުރުކުރެވެން ނެތުމާއެކު، ވާޓިކަލް ޑެވެލޮޕްމެންޓް އަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ، - އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު

ވަޒީރު އިތުރަށް ވިދާޅުވީ، އޭދަފުށްޓަކީ ވަށައިގެން ރިސޯޓުތައް ގިނަ ރަށަކަށް ވެފައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަށާއި ކައިރި ރިސޯޓުތަކުން ބޯހިޔާވަހިކަމުގެ ފުރުސަތު އެ ރަށުން ފަހިވާނެ ކަމަށެވެ. އަދި އެ ހުރިހާ ކަމެއްގެ ތެރެއިން އޭދަށުޓަކީ އާބަން ސެންޓަރަކަށް ވުމާއެކު، އެ ރަށަކީ އާބާދީ އާއި ތަރައްގީކުރުން އެއްފަސްކުރުމުގެ ނާރެހަކަށް ވާނެ ރަށެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭދަފުށި ކައުންސިލާއި ރައީސް ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފިޚަބަރު | 25 ދުވަސް ކުރިންކޮންމެ ފަންތިއެއްގެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ އަމާޒެއް: ވަޒީރުޚަބަރު | 2 މަސް ކުރިން"ސޯޝަލް ހައުސިންގެ ކުލި ނުދައްކާތީ، އެހެން މީހުންގެ ބޯހިޔާވަހިކަމުގެ ޙައްޤަށް ހުރަސްއެޅޭ"ޚަބަރު | 2 މަސް ކުރިންމ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 3 މަސް ކުރިން