logo
ޚަބަރު

"ޤައުމިއްޔަތު ދަތުރު" ގެ ބައިވެރީން މާލޭގެ އާސާރީ ތަންތަނަށް ޒިޔާރަތްކޮށްފި

މަރިޔަމް ޔަނާ އަލީ
16 ނޮވެމްބަރު 2024 - 09:49
“ޤައުމިއްޔަތު ދަތުރު” ގެ ބައިވެރީން މާލޭގެ އާސާރީ ތަންތަނަށް ޒިޔާރަތްކުރަނީ- ފޮޓޯ--/ މިނިސްޓްރީ އޮފް ދިވެހި ޗަލްޗ
“ޤައުމިއްޔަތު ދަތުރު” ގެ ބައިވެރީން މާލޭގެ އާސާރީ ތަންތަނަށް ޒިޔާރަތްކުރަނީ- ފޮޓޯ--/ މިނިސްޓްރީ އޮފް ދިވެހި ޗަލްޗ

ސަރުކާރަށް 52 ހަފުތާ ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ “ޤައުމިއްޔަތު ދަތުރު” މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިދަތުރު ކުރިއަށް ގެންދިޔައީ ޢާއްމުކޮށް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެންނެވެ. މިއަދު ހެނދުނު ކުރިއަށް ދިޔަ މި ޙަރަކާތުގައި ދަތުރުގެ ބައިވެރީން ވަނީ މާލޭގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ ތާރީޚީ މަޢުލޫމާތު އޮޅުންފިލުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

“ޤައުމިއްޔަތު ދަތުރު” ފަށާފައި ވަނީ މިއަދު ހެނދުނު 09:00 ގައެވެ. ދަތުރުގެ ބައިވެރީން ފުރަތަމަ ޒިޔާރަތް ކުރީ ޝަހީދުންގެ ދަނާވައްޗަށެވެ.

undefined

މި ދަތުރުގައި ޒިޔާރަތްކުރި އިތުރު ތަންތަނުގެ ތެރޭގައި ބިހުރޯޒް ކަމަނާ މިސްކިތް، ޢީދު މިސްކިތް، އަލިރަސްގެފާނު ޒިޔާރަތް، މެދު ޒިޔާރަތް، ހުކުރު މިސްކިތް، ގުޅަކުޅޭ ފަސްގަނޑު، އުސްގެކޮޅު، ކަޅުއޮށްފުންމި، ކަޅުވަކަރު މިސްކިތް އަދި ޤައުމީ ދާރުލްއާސާރު ހިމެނެއެވެ.

މިދަތުރުގައި މާލޭގެ އާސާރީ ތަންތަނާ ބެހޭ ގޮތުން ދަތުރުގެ ބައިވެރީންނަށް މަޢުލޫމާތު ޙިއްސާކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު އަޙްމަދު ޢަލާ ދީދީއެވެ.

މިދަތުރަކީ އެމްޓީސީސީއާއި ފުލުހުންނާއި ދިރާގުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ ދަތުރެކެވެ.

ސަރުކާރަށް 52 ހަފުތާ ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ގިނަ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން މިއަދު 14:00ން ފެށިގެން 18:00ށް ޤައުމީ ދާރުލްއާސާރުގައި “މައިދާނީ ޢާއިލީ ހަވީރު” ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ކުރިއަށް ދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރިކަ ދިރާސާކުރުމުގެ ސްކޮލަރޝިޕުގެ 40 ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންރަސްމިއްޔާތު ތަކުގައި ބޭނުން ކުރުމަށް 10،000 ދިދައާއި ދިދަ ދަނޑި ހޯދަނީ ޚަބަރު | 3 މަސް ކުރިންޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރުން މިފަހަރު އޮތީ 3 ރަށެއްގައި ޚަބަރު | 4 މަސް ކުރިންކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްޤީކުރަން އާރުޑީސީ އަށްޚަބަރު | 6 މަސް ކުރިން