logo
Bank of Maldives

Bank of Maldives

ދުނިޔެ

ޗައިނާގެ ސްކޫލެއްގައި ވަޅިން ހަމަލާދީ 8 މީހުން މަރާލައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
17 ނޮވެމްބަރު 2024 - 06:54
ޗައިނާގެ ސްކޫލެއްގައި ވަޅިން ހަމަލާދީ 8 މީހުން މަރާލައިފި

ޗައިނާގެ އިރުމަތީގެ ވޫޒީ ސިޓީގެ ވޮކޭޝަނަލް ސްކޫލުގައި ވަޅިން ހަމަލާދީ 8 މީހަކު މަރުވެ 17 މީހަކު ޒަޚަމްވެއްޖެއެވެ.

އެ ހަމަލާދިން ކަމަށް ޝައްކު ކުރެވެނީ އެ ސްކޫލްގެ ކުރީގެ ދަރިވަރެކެވެ. ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި 21 އަހަރުގެ އެ ދަރިވަރަކީ މިއަހަރު ގްރެޖުއޭޓްވާން ޖެހޭ ދަރިވަރެއް ނަމަވެސް، އޭނާ ވަނީ އިމްތިހާނުތަކުން ފެއިލްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔިކްސިންގް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާ ދީފައިވަނީ ޔިކްސިންގް ކައުންޓީގެ ވޫޝީ ވޮކޭޝަނަލް އިންސްޓިޓިއުޓް އޮފް އާޓްސް އެންޑް ޓެކްނޮލޮޖީގައި ޗައިނާ ގަޑިން ހަވީރު 6:30 ހާއިރު ކަމަށެވެ.

މިއީ ހަފުތާއެއްގެ ތެރޭގައި ޗައިނާގައި ހިންގި ދެވަނަ ނުރައްކާތެރި ހަމަލާއެވެ.

 ޗައިނާގެ ދެކުނުގައި އޮންނަ ޒުހާއީގައި ސިޓީގައި އުމުރުން ދުވަސްވީ މީހަކު ދުއްވި ކާރެއް ކޮންޓްރޯލުނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 35 މީހުން މަރުވެ، 43 މީހުން ޒަޚަމްވީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މީގެއިތުރުން އޮކްޓޯބަރު މަހު ޝަންހާއީގެ ސުޕަމާކެޓެއްގައި ވަޅިން ހަމަލާދީ ތިން މީހަކު މަރާލައި 15 މީހަކު ޒަޚަމްކޮށްލާފައިވެއެވެ. އަދި އޭގެކުރިން ސެޕްޓެމްބަރު މަހު ވެސް ހޮންކޮންގް ބޯޑަރު ކައިރީ އޮންނަ ދެކުނުގެ ސިޓީއެއް ކަމަށްވާ ޝެންޒެންގައި ޖަޕާނުގެ ސްކޫލް ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގުޅުން ބަދަހި ކުރަން ޗައިނާ ރައީސް ޝީ ސަޕޯޓްކުރާ މެންޗެސްޓަރ ޔުނައިޓެޑް މެޗު ކުޅުނު ބޯޅައެއް ޔޫކޭ އިން ހަދިޔާކޮށްފިޚަބަރު | 5 ދުވަސް ކުރިންޗައިނާގައި މެޗު ފިކްސިންގ މައްސަލައިގައި ޗެންޕިއަން ޓީމާއެކު 13 ޓީމެއްގެ ޕޮއިންޓް ކެނޑުމަށްފަހު މިއަހަރުގެ ލީގު ފަށަން ނިންމައިފިކުޅިވަރު | 5 ދުވަސް ކުރިންޓެރިފް ހަނގުރާމައެއްގައި އެއްވެސް ބަޔަކު މޮޅެއް ނުވާނެ، އަހަރެމެންގެ މަސްލަހަތު ހިމާޔަތްކުރާނަން: ޗައިނާދުނިޔެ | 23 ދުވަސް ކުރިން ޗައިނާ ސަފީރުގެ ''ހިތް'' މިފަހަރު ބައިސްކޯފުގެ ދާރުލްއާސާރަށްޚަބަރު | 4 މަސް ކުރިން