logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ބަންޑާރަނައިބު

އާމިނަތު ޝަފާ
17 ނޮވެމްބަރު 2024 - 09:55
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ބަންޑާރަނައިބު

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ބަންޑާރަނައިބު އަހުމަދު އުޝާމް ދެއްވައިފިއެވެ.

އުޝާމް މިފަދަ ޔަގީންކަން ދެއްވީ މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލާ ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަންޑާރަނައިބު މިއަދު ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއާ ބައްދަލުކުރައްވައި، މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއައްސަވާފައެވެ.

މިބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަކީ، މި ބިލުގެ އިސް އެއް މަގްސަދު ކަމަށް ބަޔާންކޮށްފައިވާއިރު، ބިލުގެ އެންމެހައި މާއްދާތަކެއް ފަރުމާކޮށްފައިވަނީ، ނޫސްވެރިންގެ މަސައްކަތުގައި އެފަރާތްތަކަށް އޮންނަ އެންމެހައި މިނިވަންކަމެއް ހަނިވެގެންދާގޮތަށްކަމަށްބުނެ ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ ކަންވޮޑުވުން ފާޅުކުރަމުންނެވެ.

ގިނަ އަދަދެއްގެ ނޫސްވެރިންނާއި، ސިޔާސީ ޕާޓީތަކާއި އަދި އާއްމު ރައްޔިތުންވެސް އަންނަނީ މި ބިލާމެދު ނުރުހުން ފާޅުކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެދު ޚަބަރު ޝާއިއުކުރުމަށް ބާރުއަޅާ މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންމީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގެންފިޚަބަރު | 21 ދުވަސް ކުރިންޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މައްސަލަތައް ލަސްވުމުގެ ކަންބޮޑުވުން އެބަ އޮތް - އޭޖީ ޚަބަރު | 7 މަސް ކުރިންނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ބަންޑާރަނައިބު ޚަބަރު | 10 މަސް ކުރިން