logo
Bank of Maldives

Bank of Maldives

ޚަބަރު

ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ 100 އިންސައްތަ މަސައްކަތް ނިމިއްޖެ

އާމިނަތު ޝަފާ
17 ނޮވެމްބަރު 2024 - 13:12
ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ  100 އިންސައްތަ  މަސައްކަތް ނިމިއްޖެ

ސަރުކާރުން ކުރިއަށްގެންދިޔަ ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ 100 އިންސައްތަ ނިމިފައިވާކަން މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 174 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2020 ވަނަ އަހަރުގެ މާރިޗު މަހު 42 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން 132 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ ނިންމާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މީގެ އިތުރުން، މި މަޝްރޫޢުގެ ތެރެއިން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މިގޮތުން މިހާތަނަށް 2.66 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މި މަޝްރޫޢަކީ ވެރިރަށް މާލޭގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢު ނިމުމުން، މާލޭގެ ބިމުގެ ބޮޑުމިނަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވޭކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި ސަރަޙައްދުގައި ބޯހިޔާވަހިކަމާއި ވިޔަފާރީގެ ފުރުޞަތުތައް އިތުރުވެގެންދާނެކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެމްޑީޕީ ސަރުކާރުން ގުޅިފަޅު ހިއްކަން ކަނޑައެޅި ސަރަހައްދުގެ ތެރެއަށް އިތުރު 85 ހެކްޓަރު އިތުރުކުރަން ނިންމާފަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމީ ފާލަން ނިންމުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދަނީ ޚަބަރު | 9 މަސް ކުރިންމިނިސްޓްރީތައް ދަރުބާރުގެއަށް، ހިދުމަތްދޭން ފަށައިފި ޚަބަރު | 9 މަސް ކުރިންގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ 100 އިންސައްތަ މަސައްކަތް ނިމިއްޖެޚަބަރު | 10 މަސް ކުރިން