logo
ޚަބަރު

ގައުމިއްޔަތު އާލާ ކުރުމުން ދިވެހިންގެ އިލްމީ ފިކުރު އަށަގަންނާނެ- މެޑަމް ސާޖިދާ

ހުސައިން ވަސީމް
17 ނޮވެމްބަރު 2024 - 14:49
ގައުމިއްޔަތު އާލާ ކުރުމުން ދިވެހިންގެ އިލްމީ ފިކުރު އަށަގަންނާނެ- މެޑަމް ސާޖިދާ

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ސަބަބުން ދިވެހިންގެ ފަސްގަނޑާއި ދިވެހިންނާއި ދިވެހި ދައުލަތް ރައްކާތެރިކުރުމުގެ ޢިލްމީ ފިކުރު ދިވެހިންގެ ވިސްނުމުގައި އަށަގަނެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވުމާސް މިއަދު ބޭއްވި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ ދިވެހި ގައުމުގައި އޮންނަނީ ދިވެހި ގައުމިއްޔަތާއި ދިވެހީން ގަބޫލުކުރާ ގޮތްތަކާއި ހަމަތައް، ދިވެހި ދަރީންގެ ގައުމީ ވިސްނުން ބިނާވާންޖެހޭ އަސާސްތައް ކަމަށެވެ. އިލްމީ ގޮތުން ދިވެހި ގައުމާ އެއްކޮޅަށް ވިސްނަން އެނގޭކަހަލަ އަމިއްލަ ނަފްސާއި އަމިއްލަ ޤައުމަށް ގަދަރުކުރަން އެނގޭ ޖީލެއް ބިނާވުމުގެ މަގުތައް ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމަނާ ވިދާޅުވީ ގައުމިއްޔަތު ދިރިގެން އައުމަކީ ދިވެހިންނަށް ދިވެހީންގެ އަމިއްލަ ބަހާ ސަގާފަތާ އާދަކާދައާއި އަގުތައް މޭރުންވުން ކަމަށެވެ. އަދި ގައުމިއްޔަތު ދިރިގެން އައުމަކީ ދިެވެހިންނަކީ ތަހުޒީބު ހަރުދަނާ ވިސްނުންތެރި ބަޔަކު ކަމުގައިވުން ކަމަށާ ދިވެހިންގެ ފަސްގަނޑާ ދިވެހި ދައުލަތުގެ ދެމިތިބުން ކަށަވަރުކުރުމުގެ އިލްމީ ފިކުރު ދިވެހީންގެ ވިސްނުމުގައި ހަރުލަމުން އަށަގަންނަމުން އެކަމަށް އަހުލުވެރިވަމުން ދިއުން ކަމަށެވެ.

ދިވެހި ޤައުމިއްޔަތަކީ އިސްލާމްދީނާއި މާދަރީ ބަހާއި ސަގާފަތާއި އާދަކާދަ ކަމަށްވާއިރު ދިވެހި ޤައުމިއްޔަތު ދިރުވިގެންދިއުމަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަޚްލާގީ ގަހަނާއިން ދިވެހިން އިތުރަށް ޒީނަތްތެރިވެގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ދިވެހިންނަކީ ތަހުޒީބީ ހަރުދަނާ އަދި ވިސްނުންތެރި ބަޔަކަށް ވެގެންދާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ވަނީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުއްވައިދެއްވާ އެތަނުގެ މަސައްކަތްތައް އޮޅުންފިލުވާލައްވާފަ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީންގެ ތަރިކައިގެ ދާއިރާއެއް އުފައްދަނީ ޚަބަރު | 3 މަސް ކުރިންދިވެހި ކަސަބު ލިބާހާއި ގުޅޭ މިވާހަކަތައް އަޑުއެހިންތަ؟ޚަބަރު | 4 މަސް ކުރިންޔުނެސްކޯއިން ރާއްޖޭގެ ހިރިގާ މިސްކިތްތައް ބައްލަވަން ވަޑައިގެން ޗީފްއާ ވަޒީރު ބައްދަލުކުރައްވައިފިޚަބަރު | 4 މަސް ކުރިންއެމްޑީޕީ ސަރުކާރުން ހުކުރު މިސްކިތުގެ މަސައްކަތްކުރީ އަސްލު ގެއްލޭގޮތަށް: މިނިސްޓަރު ޚަބަރު | 5 މަސް ކުރިން