logo
E-Platinum
ކުޅިވަރު

ޔުއޭފާ ނޭޝަންސް ލީގު: އިޓަލީ އަތުން މޮޅުވެ ފްރާންސް ކުއާޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
18 ނޮވެމްބަރު 2024 - 05:22
ފްރާންސް ޓީމުން ރޭގެ މެޗަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ފްރާންސް ފުޓްބޯޅަ ޓީމް
ފްރާންސް ޓީމުން ރޭގެ މެޗަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ފްރާންސް ފުޓްބޯޅަ ޓީމް

ޔުއޭފާ ނޭޝަންސް ލީގުގައި އިޓަލީގެ އަމިއްލަ ދަނޑުގައި ފްރާންސް އިން މޮޅުވެއްޖެއެވެ. އިޓަލީގެ ސަން ސީރޯ ގައި ކުޅެވުނު މި މެޗު ފްރާންސް އިން ކާމިޔާބު ކުރީ 1-3 އިން ނެވެ. މި މޮޅާއެކު ފްރާންސް އިން ވަނީ ގްރޫޕް ދޭއްގެ ޕޮއިންޓް ޓޭބަލްގައި އިޓަލީ އާއި ހަމަކޮށް، ގޯލުގެ ތަފާތުން ގްރޫޕް ގެ އެއްވަނަ ހޯދައިގެން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

މި މެޗަށް އިޓަލީ ނިކުތް އިރު އެޓީމު އޮތީ ވަރަށް ފޯމުގައެވެ. އެގޮތުން މި މެޗަށް އިޓަލީ ނިކުތް އިރު މުބާރާތުގެ ކުޅުނު އެއްވެސް މެޗަކުން އެޓީމު ބަލިވެފައި ނުވެއެވެ. އަދި މި ދެޓީމު އެންމެ ފަހުން ފްރާންސް ގައި ބައްދަލު ކުރި މެޗުންވެސް އިޓަލީ ވަނީ ކުރި ހޯދާފައެވެ.

ރޭގެ މެޗުގައި ފްރާންސް ގެ ދެ ގޯލު ޖަހާދިފައިވަނީ ރަބިއޮޓް އެވެ. އަދި އަނެއް ގޯލަކީ އިޓަލީގެ ގޯލު ކީފަރުގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އިޓަލީގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ 35 ވަނަ މިނެޓުގައި ކެމްބިއާސޯއެވެ.

ރޭގެ މޮޅާއެކު ފްރާންސުން ވަނީ އިޓަލީގެ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅެވުނު ތިން މެޗުން މޮޅުވެފައެވެ. އަދި މި ގްރޫޕް ގައި ހިމެނޭ ބެލްޖިއަމް އާއި އިސްރާއީލް ވަނީ މުބާރާތުން ކަޓާފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީކުޅިވަރު | 12 ދުވަސް ކުރިންއަސްލު ގޯޓާއިޖެހުނީމަ ޔަމާލް ސުމެއް، ޕޯޗުގަލް ތަށި ނަގައިފިކުޅިވަރު | 2 މަސް ކުރިންއެމްބާއްޕޭގެ 50 ވަނަ ގޯލާއެކު ޖަރުމަނު ބަލިކޮށް ފްރާންސްއަށް ލޯމެޑަލްކުޅިވަރު | 2 މަސް ކުރިންނޭޝަންސް ލީގު ފައިނަލުގައި ރޮނާލްޑޯ އާއި ޔަމާލްގެ ކުރިމަތިލުން މިރޭކުޅިވަރު | 2 މަސް ކުރިން