ރާއްޖޭގެ ބެޑްމިންޓަން ޓްވިން ޒެންބިއާ އިންޓަރނޭޝަނަލް މުބާރާތުގައި ރަންމެޑަލް ހޯދައިފި
18 ނޮވެމްބަރު 2024 - 10:43

ރާއްޖޭގެ ބެޑްމިންޓަން ޓްވިން ކަމުގައިވާ ނަބާހާ އާއި ނަބީހާ ޒެމްބިއާގައި ބޭއްވި ޒެންބިއަން އިންޓަރނޭޝަނަލް 2024 ޑަބަލްސް އިވެންޓުގެ ޗެންޕިއަންކަން ހޯދައިފިއެވެ. މި ދެ ކުޅުނުތެރިން ރަންމެޑަލް ހޯދީ ފައިނަލުގައި ސްރީލަންކާގެ ޓީމަކާ ވާދަކޮށެވެ.
ފައިނަލުގައި ގޯލްޑް މެޑަލް ހޯދީ ދެ ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ 21-16 އަދި 21-19 އިން ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރެޝަންގެ މުބާރާތެއްގައި ރާއްޖޭގެ ޓީމެއް 2019 ގެ ފަހުން ހޯދި ފުރަތަމަ ރަން މެޑަލެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޕެއާރ މި މުބާރާތުގައި ބައިވެރިވީ ރިވައިވަލް ސްޕޯޓްސް ކްލަބް ގެ ނަމުގައެވެ. މި މުބާރާތުގައި ގޯލްޑް މެޑަލުގެ އިތުރުން ނަބާހާ ވަނީ ޒަޔާން ޒަކީ އާއެކު މިކްސްޑް ޕެއަރ ޑަބަލްސް ގައި ލޯ މެޑަލް ހޯދާފައެވެ. އަދި ނަބާހާ ވަނީ ވޮމެންސް ސިންގަލް އިވެންޓް ގައި ވެސް ލޯމެޑަލް ހޯދާފައެވެ.
ނަބާހާ އާއި ނަބީހާ އަކީ ރާއްޖޭގެ ތާރީޚުގައި ގިނަ ރަންވަނަ ތަކެއް ރާއްޖެއަށް ހޯދައިދީފައިވާ ދެ ކުޅުންތެރިންނެވެ. އެގޮތުން ބައިނަލް އަޤުވާމީ މުބާރާތްތަކުން މި ދެ ކުޅުންތެރިންވަނީ ތިން ރަން މެޑަލް އާއި ދެ ރިހި މެޑަލް އާއި ފަސް ލޯ މެޑަލް ހޯދައިދީފައެވެ.

-01.jpg&w=3840&q=75)
