ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތުގެ ސެމީފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ
13 މޭ 2025 - 07:51
.png&w=3840&q=75)
ފުވައްމުލައް ސިޓީ ކައުންސިލްގެ މި އަހަރުގެ ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން ކުރިއަށް ގެންދާ ’ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2025‘ގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ފުވައްމުލައް ސިޓީ މިސްކިތްމަގު އެންމެންގެ ގުޅުމާއި އައްޑޫ ސިޓީގެ ޓީމް މަލާއެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ފުވައްމުލައް ސިޓީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި އެސް.ޓީ.އޯ ރެކްރިއޭޝަން ކުލަބެވެ. މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. އަދި ދެވަނަ މެޗު ކުޅޭނީ މިރޭ 20:00 ގައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ދެކުނުގެ ހަތަރު އަތޮޅަށް ހުޅުވާލައިގެންނެވެ. އެއީ ގއ، ގދ، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ބެޑްމިންޓަން ކުޅުންތެރިންނަށެވެ.
ޖުމްލަ ހަތް 7 ޓީމުން ވާދަކުރާ މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 14 ވަނަ ދުވަހެވެ.
މިމުބާރާތުގެ އިތުރުން މިއަހަރު ތަފާތު 10 މުބާރާތެއް ހިންގުމަށް ކައުންސިލުގެ ކުޅިވަރު ކަލަންޑަރުގައިވަނީ ހިމަނާފައެވެ.

-01.jpg&w=3840&q=75)
