logo
MPL

MPL

ކުޅިވަރު

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖޭގެ ފެޑެރޭޝަން ސަސްޕެންޑުކޮށްފި

އަބްދުﷲ ޣާނިމް
18 މޭ 2025 - 11:06
އެސޯސިއޭޝަނުގެ 2023 ވަނަ އަހަރުގެ އޭޖީއޭމް ގެ ތެރެއިން
އެސޯސިއޭޝަނުގެ 2023 ވަނަ އަހަރުގެ އޭޖީއޭމް ގެ ތެރެއިން

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނުފޫޒު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ފޯރާފައިވާތީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ ސަސްޕެންޑްކޮށްފިއެވެ.

ބީޑަބްލިއުއެފްގެ މި ނިންމުން އެމްއޯސީއަށް އެންގުމަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ބެޑްމިންޓަން އެސޯސިއޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އުފެއްދި ކޮމިޓީގެ މަސައްކަތަށް، ކޮމިޝަނާ އޮފް ސްޕޯޓްސްއާ ގުޅިގެން އެމްއޯސީން ނުފޫޒު ފޯރުވާފައިވާތީ އެކަމާމެދު ހިތްހަމަނުޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މައްސަލަ

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު 2023 މާރިޗު 11 ގައި ހަމަވިއިރުވެސް، އިންތިޚާބެއް ބޭއްވިފައިނުވާކަމާއި، އަސާސީ ގަވާއިދަށް އިސްލާހު ގެނެވިފައިނުވާކަން ފާހަގަކުރެވެއެވެ. މި މައްސަލަ ހައްލުކުރުމަށް ބީޑަބްލިއުއެފްއިން ހުށަހެޅި ޖޮއިންޓް ކޮމިޓީގެ އުސޫލުތަކާ ޚިލާފަށް އެމްއޯސީން ޢަމަލުކޮށްފައިވާކަމަށް ބީޑަބްލިއުއެފްއިން ބުނެފައިވެއެވެ.

އެމްއޯސީން ކޮމިޓީއަށް އިތުރު ދެ މެންބަރުން އައްޔަންކުރުމާއި، ކޮމިޓީގެ ނިންމުންތައް ވޯޓުން ނިންމުމަށް ނިންމުމަކީ ބީޑަބްލިއުއެފްގެ އުސޫލުތަކާ ޚިލާފު ކަންކަން ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އައްޔަންކުރެވުނު މެންބަރުންގެ ތެރެއިން އެކަކީ އެސޯސިއޭޝަނުގެ މިހާރުގެ އެކްސްކޯއަށް ފާޑުކިޔާ ފަރާތެއްކަން ފާހަގަކޮށް، އެފަރާތުގެ މިނިވަންކަމާމެދު ސުވާލު އުފައްދާފައިވެއެވެ.

އެޑް-ހޮކް ކޮމިޓީގެ މައްސަލަ

ސްޕޯޓްސް މިނިސްޓްރީން މިދިޔަ މަހު އެކުލަވާލި އެޑް-ހޮކް ކޮމިޓީއަކީ ބީޑަބްލިއުއެފްގެ ގަވާއިދާ ޚިލާފު ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. މިނިސްޓްރީން މި ކޮމިޓީ އެކުލަވާލީ އެސޯސިއޭޝަނުގެ ގަވާއިދަށް ބަދަލުގެނައުމާއި އައު އިންތިޚާބެއް ބޭއްވުމަށް ކަމަށް ބުނެފައިވީނަމަވެސް، މިއީ ބީޑަބްލިއުއެފްގެ މިންގަނޑުތަކާ ޚިލާފު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން ބީޑަބްލިއުއެފްއިން ވަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކުރުމަށް ނިންމާފައެވެ. މިއީ ރާއްޖޭގެ ބެޑްމިންޓަން ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ،

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ މަތިން ޕޮއިންޓް ހޯދައި، 14 އަހަރުގެ ޔަލްވީ އަނެއްކާވެސް ގައުމީ ބެޑްމިންޓަން ޓީމަށްޚަބަރު | 5 ގަޑިއިރު ކުރިންރާއްޖޭގެ އެންމެ އުއްމީދީ ބެޑްމިންޓަން ކުލުންތެރިޔާ ލައިބާ ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފިކުޅިވަރު | އަހަރެއް ކުރިންބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖޭގެ ފެޑެރޭޝަން ސަސްޕެންޑުކޮށްފިކުޅިވަރު | އަހަރެއް ކުރިންފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތުގެ ސެމީފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެކުޅިވަރު | އަހަރެއް ކުރިން