logo
ޚަބަރު

އާސަންދައިގެ ބަޖެޓުން އިސްރާފުވާ 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ - މިނިސްޓަރ

އަޙްމަދު ޒަލީފް
18 ނޮވެމްބަރު 2024 - 13:38
އާސަންދައިގެ ބަޖެޓުން އިސްރާފުވާ 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ - މިނިސްޓަރ

އާސަންދަ ނިޒާމުގެ ދަށުން އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތަށް ބަދަލެއް ނުގެނެސް މިހާރުވާ އިސްރާފު ހުއްޓުވުމުގެ ސަބަބުން 500 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާރު ޕެންޝަން ލިބޭ ފަރާތްތަކުގެ ޕެންޝަނަށްވެސް ބަޖެޓުން ބަދަލެއް ނާންނާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިން ސަރުކާރުތަކުން ހިންގަމުން އައި ކުންފުނިތައް ބަނގުރޫޓްވުމުން ދޫކޮށްލިހެން އާސަންދަ ކުންފުނިވެސް ދޫކޮށްލައި އާ ގޮތްތަކެއް ހޯދަން މަޖުބޫރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ދިއްގަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެންސްޕާ އާއި އާސަންދައިން ކުރަން ޖެހިފައިވާ ބޭކާރު ހަރަދުތައް ގިނަވުން ކަމަށެވެ.

ދާދި ފަހުން، ލޮލަށް ޖަހާ އަގު ބޮޑު އިންޖެކްޝަނެއް ކަމަށްވާ ލުސެންޓިސް އިންޖެކްޝަން ބޮޑު އަގުގައި ވިއްކާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ގާތްގަނޑަކަށް 500 އެއްހާ ޑޮލަރަށް ލިބޭ އެ ބޭސް ކްލިނިކަކުން 23،000ރ އަށް އާސަންދައަށް ބިލު ކުރަމުންދާ މައްސަލަ ސޯޝަލް މީޑިއާގައި މީހަކު ވަނީ ތިލަކޮށްފަ އެވެ.

އާސަންދައިން އެކަން ބަލަން ފަށާފައިވާއިރު، ނާޒިމް ވިދާޅުވީ ފާއިތުވި އަހަރެއްގެ ތެރޭގައި އެ ކުންފުނިން އެ އަގުގައި 1،000 އެއްހާ އިންޖެކްޝަން ވިއްކާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް 24 މިލިއަނެއްހާ ރުފިޔާ އާސަންދައިން ދީފައިވާ ކަމަށް ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޮވެރިން ފަންޑަށް ޖަމާކުރި އަދަދު 907 މިލިއަނަށް އަރައިފި ޚަބަރު | 2 މަސް ކުރިންތަންފީޒީ ފިޔަވަޅުތަކާއެކު 3.7 ބިލިއަން ރުފިޔާ ހޯދައިފި ޚަބަރު | 3 މަސް ކުރިން57 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ ޚަބަރު | 4 މަސް ކުރިންރައީސް ސޯލިހުގެ ސަރުކާރުގައި ނަގާފައި އޮތް 1.5 ބިލިޔަން ރުފިޔާ ލޯނު ދައްކައިފި ޚަބަރު | 6 މަސް ކުރިން