logo
Bank of Maldives

Bank of Maldives

ދުނިޔެ

ރަޝިޔާއަށް ޙަމަލާ ދިނުމަށް އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދީފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
19 ނޮވެމްބަރު 2024 - 04:03
އެމެރިކާގެ ހަތިޔާރުން ރަޝިއާއަށް ހަމަލާދިނުުމުގެ ހުއްދަ އެމެރިކާއިން ދީފި: ފޮޓޯ
އެމެރިކާގެ ހަތިޔާރުން ރަޝިއާއަށް ހަމަލާދިނުުމުގެ ހުއްދަ އެމެރިކާއިން ދީފި: ފޮޓޯ

އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޔުކްރެއިންއަށް ދެއްވައިފި.

2022 ވަނަ އަހަރު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއާއި ނޭޓޯއެވެ. ޔޫކްރެއިނަށް އެންމެ ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދެނީވެސް އެމެރިކާއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަން ހާމަކުރަން ބޭނުންނުވާ އެމެރިކާގެ ދެ މަސްއޫލުވެރިއަކު ބޭރުގެ ނޫސްތަކަށް ވިދާޅުވިގޮތުގައި އެމެރިކާއިން ހުއްދަ ދީފައިވަނީ ދުރުރާސްތާގެ މިސައިލް ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުމުގެ ހުއްދައެކެވެ. މިއާއެކު ރަޝިއާގެ ޤާނޫނޫ ހަދާ މަޖިލީހުގެ ބައެއް މެންބަރުންވަނީ ޔުކްރެއިނުން ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ އެތެރެއަށް ހަމަލާދޭންފަށައިފިނަމަ ރަޝިއާއާއި އެމެރިކާއާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެކަމުގެ އިންޒާރު ދެއްވާފައެވެ.

މި ކަމުގެ ހުއްދަ، އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިނަށް ދީފައި މި ވަނީ، އޭނާގެ ވެރިކަން ނިމުމަކާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އޭނާއަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އިތުރުން އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅު ބޭފުޅެކެވެ. އަދި، އޭނާގެ ވެރިކަމުގައި ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުން، ނުވަތަ ހަތިޔާރު ފޮނުވާ މިންވަރު މަދު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން ބަޔަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާ އާއި އިސްރާއީލާއެކު އެއްބަސްވުމަކަށް އައުން ވަރަށް ގާތް، ނަމަވެސް އަދި ނިންމުމަކަށް ނާދޭ: އީރާންޚަބަރު | ދުވަހެއް ކުރިންއިސްރާއީލާއި އީރާނުން ހަމަލާބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ގޮވާލައްވައިފިދުނިޔެ | 6 ދުވަސް ކުރިންޓްރަމްޕްގެ އަނބިކަނބަލުންނާއި ކުޑަކުދިން ވިއްކި އެޕްސްޓީންއާ ގުޅުވައި އާ ތުހުމަތުތަކެއް ފެންމަތިވެ ވައިޓް ހައުސް އަށް ބޮޑު ސިހުމެއްދުނިޔެ | 7 ދުވަސް ކުރިންއީރާނުގެ ހަނގުރާމައިގެ ބާރުތައް ކަނޑުވާލަން އަމިއްލަ ޕާޓީ މެމްބަރުން ވޯޓު ދިނުމުން ޓްރަމްޕްގެ ރުޅިގަނޑު ފަޅައިގެންދުނިޔެ | 10 ދުވަސް ކުރިން