logo
Bank of Maldives

Bank of Maldives

ޚަބަރު

މީގެ ކުރިން ސަރުކާރު ކުންފުނިތައް ބޭނުން ކުރަމުން އައީ މާލީ ގަވައިދުގެ ބޭރުން ހަރަދުކުރަން - މާލީ ވަޒީރު

ހުސައިން ވަސީމް
19 ނޮވެމްބަރު 2024 - 05:53
މީގެ ކުރިން  ސަރުކާރު ކުންފުނިތައް ބޭނުން ކުރަމުން އައީ މާލީ ގަވައިދުގެ ބޭރުން ހަރަދުކުރަން - މާލީ ވަޒީރު

މީގެ ކުރިން ސަރުކާރު ކުންފުނިތައް ހިންގާފައި ހުރީ މާލީ ގަވައިދުގެ ބޭރުން ހަރަދުކުރުމަށްޓަކާ ކަމަށާ ސަރުކާރުން ކުންފުނިތައް ރިފޯމް ކުރުމުން ހުރިހާ ކުންފުންޏަކީވެސް ޖަވާބުދާރީވާ ކުންފުނިތަކަކަށް ބަދަލްވެގެންދާނެ ކަމަށް މާލީ ވަޒީރު މޫސަ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުން މިހާރުވެސް ލަސްވެފައިވާ ކަމަށެވެ. މީގެ އަހަރުތަކެއް ކުރީން ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްފައިވަނީ މާލީ ގަވާއިދާ ހިލާފަށް ކަމަށް މޫސާ ޒަމީރު ވިދާޅުވި އެވެ. މިނިސްޓްރީ އަކުން ނޫނީ ޑިޕާޓްމަންޓަކުން މާލީ ގަވާއިދުގެ ތެރެއިން ހަރަދުކުރަން ވެއްޖިއްޔާ އެއީ އުނދަގޫ ކަމެއް ކަމަށާ އެހެންވެ ސަރުކާރު ކުްނފުނިތައް މީގެ ކުރިން ބޭޏުންކޮށްފައި ވަނީ މާލީ ގަވާއިދުގެ ބޭރުން ހަރަދުތައް ކުރުމަށް ކަމަށް މޫސާ ޒަމީރު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސަރުކާރުން ފެށި ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނި ތަކަކީ ޖަވާބުދާރީ ކުރެވޭ އަދި އެކުްނފުނިތަކުގެ ފައިދާ ނަހަމަ ގޮތުގައި ނުނެގޭ ކުންފުނިތަކަކަށް ވެގެންދާނެ ކަަމަށް ވަޒީރު ވިދާޅުވި އެވެ. ކުންފުނިތައް ރިފޯމް ކުރުމުގެ ތެރެއިން ބައެއް ކުްނފުނިތައް އެއްކޮށްލާ ދައުލަތުގެ ބަޖެޓަށް ލުއި ވާނެ ގޮތަކަށް ކަންކަން ރާވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އެއް މަސައްކަތެއް ކުރާ ދެ ކުންފުންޏެއް ވެއްޖިއްޔާ އެއްކޮށްލުމުން އޭގެ ނަތީޖާ ރަނގަޅުވެ ދައުލަތުގެ ބަޖެޓަށް ބޮޑުތަނުން ލުއިވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.އެ ކުންފުނިތަކަށް އިސްލާޙީ ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުކުޑަކުރުމަށް ކުންފުނިތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ދައުލަތުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރު ހިއްސާވާ ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މިވަގުތު 32 ކުންފުންޏެއް އެބައޮތެވެ.

މިހާރުވެސް ބައެއް ކުންފުނިތައް އެއްކޮށްލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ ވަޒީރުކަމުން އިސްތިއުފާދެއްވިޔަސް، މިއަދުވެސް މިހުރީ ރައީސް މުޢިއްޒާއެކު ޚިދުމަތުގައި: މޫސާ ޒަމީރުޚަބަރު | 4 ދުވަސް ކުރިންޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ޚަބަރު | 2 އަހަރު ކުރިންސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓުއަރިޒަމްގެ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެޚަބަރު | 2 އަހަރު ކުރިންމީގެ ކުރިން ސަރުކާރު ކުންފުނިތައް ބޭނުން ކުރަމުން އައީ މާލީ ގަވައިދުގެ ބޭރުން ހަރަދުކުރަން - މާލީ ވަޒީރުޚަބަރު | 2 އަހަރު ކުރިން