logo
Bank of Maldives

Bank of Maldives

ޚަބަރު

ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

އަޙްމަދު ޒަލީފް
3 ޑިސެމްބަރު 2024 - 12:52
ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރެއްވި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބެޖެޓުގައި ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. މިގޮތުން ދައުލަތުން ކުރާ އެންމެ ބޮޑެތި ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެކި ސަބްސިޑީތަކާއި، އެކި ޕެންޝަންތައް މުރާޖައާކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން އަލަށް ރިޓަޔަރވާ މީހުންނަށް ދައުލަތުން ޕެންޝަން ދިނުން ހުއްޓާލުމަށް ކަނޑައެޅިނަމަވެސް، ޢާންމުންގެ ބައެއް ކަންބޮޑުވުންތައް ހުރުމުން ސަރުކާރުން ވަނީ އެ ނިންމުމަށް އަމަލު ނުކުރުމަށް ނިންމަވާފައެވެ.

ފިނޭންސް މިނިސްޓަރ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބަޖެޓަކީ ދައުލަތުން ޚަރަދުކުރާނެ ގޮތާއި، ފައިސާ ހޯދާނެގޮތުގެ ޕްލޭނެއް ކަމަށާއި އަދި މުޅިން އަލަށް ކުރާ ބައެއްކަންކަމުގައި ފަށައިގަންނައިރު އިސްލާޙުތަކެއް ގެންނަޖެހިވަޑައިގަންވާނެ ކަމަށެވެ.

މީގެ އިތުރުން، ބަޖެޓުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުވާނެކަމަށާއި، އަދި އިޞްލާހީ ފިޔަވަޅުތަކަށް ކުދި ކުދި ބައެއް ބަދަލު ގެންނެވިނަމަވެސް މަސައްކަތްކުރައްވާނީ ބަޖެޓުގައި ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު މިވަގުތު ގޮތްގޮތުން ރާއްޖޭގެ ޚަރަދުކުޑަކުރުމަށް ބައިނަލްއަޤުވާމީ މާލީ އެކިއެކި އިދާރާތަކުންދަނީ އިރުޝާދު ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލީ ވަޒީރުކަމުން އިސްތިއުފާދެއްވިޔަސް، މިއަދުވެސް މިހުރީ ރައީސް މުޢިއްޒާއެކު ޚިދުމަތުގައި: މޫސާ ޒަމީރުޚަބަރު | 4 ދުވަސް ކުރިންޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ޚަބަރު | 2 އަހަރު ކުރިންސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓުއަރިޒަމްގެ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅު ނުވާނެޚަބަރު | 2 އަހަރު ކުރިންމީގެ ކުރިން ސަރުކާރު ކުންފުނިތައް ބޭނުން ކުރަމުން އައީ މާލީ ގަވައިދުގެ ބޭރުން ހަރަދުކުރަން - މާލީ ވަޒީރުޚަބަރު | 2 އަހަރު ކުރިން