logo
Bank of Maldives

Bank of Maldives

ޚަބަރު

މެލޭޝިޔާގެ ބައެއް ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓްދެނީ

އާމިނަތު ޝަފާ
19 ނޮވެމްބަރު 2024 - 08:59
މެލޭޝިޔާގެ ބައެއް ޔުނިވަރސިޓީތަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓްދެނީ

އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާރވިސެސް (އީއެމްޖީއެސް)އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުގެ ގިނަ އަދަދެއްގެ ޕްރޮގްރާމްތަކަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޑިސްކައުންޓް ލިބުމަށް ޝަރުތު ހަމަވާނެ ފަރާތްތައް:

Ad by Hajj Corporation

Ad by Hajj Corporation

• ޑިސްކައުންޓް ލިބިގެން ފުރިހަމަކުރުމަށް އެދޭ ޕްރޮގްރާމާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ޕްރޮގްރާމެއް، ފުރިހަމަކޮއްފައިވުން ނުވަތަ ފުރިހަމަ ކުރަމުން ދިޔުން

• މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން މަތީ ތަޢުލީމު ހާޞިލުކުރުމަށް މާލި އެހީ ލިބިފައިވާ ފަރާތެއް ނަމަ، އަނބުރާ ދައްކަން ޖެހިފައިވާ ފައިސާ ޑީފޯލްޓެއްވެފައިވުން

• މި މިނިސްޓްރީ މެދުވެރިވެގެން ލިބެން ހަމަޖެހުނު ލޯނެއްގެ ފައިސާ ލިބެމުން ދިޔުން ނުވަތަ ސޮއިކޮއްފައިވާ ލޯނު އެއްބަސްވުމުގައި ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލްގެ މުއްދަތުގެ ތެރޭގައިވުން

މި ޑިސްކައުންޓް ލިބިގެން ކިޔެވެންހުރި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތަށް ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުގެ މަޢުލުމާތު ތިރީގައިވާ ލިންކް މެދުވެރިކޮށް ލިބޭނެއެވެ. (https://hems.gov.mv/scholarships/)

މި ޑިސްކައުންޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv/ މެދުވެރިކޮށެވެ. އެ ޕޯޓަލްގައި، އެޕްލިކޭޝަންފުރާއިރު، ޑިސްކައުންޓް ލިބުމަށް އެދޭ ޕްރޮގްރާމުގެ ނަމާއެކު، އެ ޕްރޮގްރާމަށް މި މިނިސްޓްރީން ދީފައިވާ ޕްރޮގްރާމް ކޯޑް ލިޔުމަށް ސަމާލްކަން ދިނުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް http://www.mohe.gov.mv އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ [email protected]އަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުންޚަބަރު | 3 މަސް ކުރިންމެލޭޝިޔާގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދެނީދުނިޔެ | 3 މަސް ކުރިންރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާ ތަކުގެ އަދަދު 132 އަށްޚަބަރު | 4 މަސް ކުރިންބޭރުގައި ކިޔަވާ ދަރިވަރުން ފައިސާ ފޮނުވަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިޚަބަރު | 4 މަސް ކުރިން