logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާނޫނު އަސާސީ ލިޔެފައި އޮތީ ބަދަލެއް ނުގެނެވޭ ގޮތަށްތަ؟

އަޙްމަދު ޒަލީފް
20 ނޮވެމްބަރު 2024 - 15:00
ޤާނޫނު އަސާސީ ލިޔެފައި އޮތީ ބަދަލެއް ނުގެނެވޭ ގޮތަށްތަ؟

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހާ ހަމައަށް ޖެހިލަމާތޯއެވެ. މުޅި މަޖިލިސް ކޮންޓްރޯލް ކުރަމުން ގެންދިޔައީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީންނެވެ.

ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ، އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅިގެން ޤާނޫނު އަސާސީއަށް 9 އިސްލާޙެއް ހުށަހެޅިއެވެ. އެމްޑީޕީގެ މެމްބަރުން މިއަދު އެ ވިދާޅުވާ ގޮތަށް މިއިން އެއްވެސް އިސްލާޙަކަށް އެ ވިދާޅުވާ "ފުޅާ" ދާއިރާއެއްގައި މަޝްވަރާކުރިތަނެއް ނުފެނުނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިވާހަކަ އެއްފަރާތުގައި ބާއްވާފައި، މިހާރު ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގައި އޮތް އެއްޗެއް ބަލާލުން މުޙިއްމު ކަމަށް ދެކެމެވެ. ރަށުތެރޭގައި އެހެން ޒާތަކަށް މި ވާހަކަ ފެތުރޭތީއެވެ.

ޤާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ ބޭނުންވީމާ ޤާނޫނުއަސާސީ އިސްލާޙް ކުރެވޭގޮތަށެވެ. އެކަން ޤާނޫނު އަސާސީގެ 261 ވަނަ މާއްދާއަށް ބެލުމުން ސާފެވެ. އެ މާއްދާގައި ބަޔާންކުރާ ގޮތުން އެކަން ކުރުމަށް ފުރިހަމަވާން ޖެހެނީ އެންމެ ޝަރުތެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ލިބުމެވެ. އެނޫން އެއްވެސް ޝަރުތެއް ހިމަނާފައެއް ނުވެއެވެ.

މި އިޖުރާޢަތަށް ބެލުމުން މިއީ ނުކުރެވޭނެ ކަމެއްކަމަށް ނޫނީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އެ ދައްކާ ވާހަކަ ދެކޮޅެއް ނުޖެއެވެ. ވަކިބަޔަކު މަޖިލީހުގައި ތިބެ ނިންމާ ނިންމުން އެެއީ ރައްޔިތުން އެދޭގޮތް ކަމަށްވެފައި، އެހެންބަޔަކު މަޖިލީހުގައި ތިބެ ނިންމާ ނިންމުމަކީ ރައްޔިތުން އެދޭގޮތް ނޫން ކަމުގައި ދެކުމީ ހާދަހާވާ ކޮށި ވިސްނުމެކެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ބިލު މަޖިލީހުން ފާސްކުރީ 78 މެމްބަރުންގެ ވޯޓާއެކު އެވެ. މި ބިލާއި ދެކޮޅަށް 13 މެމްބަރުން ވޯޓު ދެއްވި އެވެ.

ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު ދެ އިންތިހާބު އެއްކޮށްލުމާއެކު ގާނޫނު އަސާސީ އަށް މި ދައުރުގައި އިސްލާހުތަކެއް ހުށަހަޅަނީޚަބަރު | 7 މަސް ކުރިންއެއްވެ އުޅުމުގެ މިނިވަންކަން އޮތުމަކީ ހިތުހުރިހާ ގޮތަކަށް އުޅުމެއްނޫންރިޕޯޓް | 8 މަސް ކުރިންޤާނޫނު އަސާސީއާ ހިލާފަށް ކަންކުރުމަކީ އެމްޑީޕީގެ އާދަކާދައާ ސަޤާފަތް: އަބްދުލް ލަތީފް ޚަބަރު | 9 މަސް ކުރިންޤާނޫނު އަސާސީ ލިޔެފައި އޮތީ ބަދަލެއް ނުގެނެވޭ ގޮތަށްތަ؟ ޚަބަރު | 10 މަސް ކުރިން