logo
Bank of Maldives

Bank of Maldives

ރިޕޯޓް

އެއްވެ އުޅުމުގެ މިނިވަންކަން އޮތުމަކީ ހިތުހުރިހާ ގޮތަކަށް އުޅުމެއްނޫން

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޖެނުއަރީ 2025 - 13:01
އެއްވެ އުޅުމުގެ މިނިވަންކަން އޮތުމަކީ ހިތުހުރިހާ ގޮތަކަށް އުޅުމެއްނޫން

އެއްވެ އުޅުމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ލިބިދޭ އަސާސީ ޙައްޤެކެވެ. ނަމަވެސް، މި ޙައްޤު ބޭނުންކުރުމުގައި ވަކި މިންގަނޑުތަކަކާއި ހަމަތަކެއް ހުރެއެވެ.

ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް

Ad by Hajj Corporation

Ad by Hajj Corporation

އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. މީގެ މާނައަކީ ރައްޔިތުންނަށް ސުލްޙަވެރިކަމާއެކު އެއްވެ، ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު އޮތުމެވެ. ނަމަވެސް، މި ޙައްޤު ބޭނުންކުރަންވާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ހުދޫދުތައް

އެއްވެ އުޅުމުގެ މިނިވަންކަމުގެ ހުދޫދުތައް ހުންނާނެކަން އާންމު ވިސްނުމުން ވިސްނާލުމުން ވެސް އިނގިގެންދެއެވެ. އެއްވެ އުޅުމުގެ ސަބަބުން ޤައުމުގެ ސަލާމަތަށް ނުރައްކާވެގެން ނުވާނެއެވެ. އެއްވުމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ހުރަސްއެޅިގެން ނުވާނެއެވެ. އެއްވުންތައް އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުވެގެން ނުވާނެއެވެ. އަދި އެއްވުމުގެ ސަބަބުން އެހެން ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަމެއް އައިސްގެން ނުވާނެއެވެ.

މިކަންކަން މިހެން ހުރުމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ މުހިންމު ޙައްޤެއް ނަމަވެސް، އެ ޙައްޤު ބޭނުންކުރަންވާނީ ޒިންމާދާރު ގޮތެއްގައެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް އިސްކަންދީގެންނެވެ.

ބަޔަކު އެއްވުމަކަށް ގޮވާލިނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަން އޮތުމަކީ ހިތުހުރިހާ ގޮތަކަށް އުޅުމެއް ނޫންކަން ހިތުގައި ބަހައްޓަންވާނެއެވެ.

ނާޒުކު އިގްތިސާދަށް ހަމަޖެހުމުގެ ކާނާ ބޭނުންވޭ

މާދަމާގެ އުޖާލާކަން ޤައުމަށް ފެންނާންއޮތީ އަމާން ސުލްހަވެރި ވެއްޓެއް ޤާއިމު ކުރެވިގެންނެވެ. ޤައުމުގެ އިޤްތިސޯދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާއިރު ޤައުމުގެ ތަރައްގީއަށް ފޮރިން އިންވެސްޓްމަންޓްސްގެ ބޭނުންތައް ނުހަނު ބޮޑެވެ. މިކަންކަން ދެމެހެއްޓި އައު ވާނީ ޤައުމުގައި ހަމަޖެހުން އޮވެގެންނެވެ.

އިގްތިސާދަށް ލިބޭ ކޮންމެ ގެއްލުމެއްގެ ވޭން ކޮންމެ ދިވެއްސަކު ވެސް އުފުލަންޖެހޭނެއެވެ. އެކަމުގެ ގެއްލުން އޮތީ ސަރުކާރަކަށް ނޫނީ ސަރުކާރު ހިންގާ ޕާޓީއަކަށް އެކަންޏެއްނޫނެވެ. މި ޤައުމުގެ އެންމެންނަށެވެ.

ސިޔާސީ ފޮޓޯއަކަށް ފުރުސަތު ދިނުމުގެ ކުރިން ވިސްނާލަންޖެހޭ

އަމުދުން މަގުބޫލު އުޒުރެއް، ސަބަބެއްނެތި މަގުތައް ހަލަބޮލިކޮށް، ޤައުމު ހަމަހިމޭން ތަސައްވުރު ކިލަނބުކުރުމިމުގައު ބައިވެރިވުން ދިނުމަކީ ރަނގަޅު ގޮތެއްނޫނެވެ. މިހާލަތު ބުނެދެނީ މަދު ސިިޔާސީންތަކަކަށް ފޮޓޯއެއް ހޯދަން އުޅޭއުޅުމެވެ. އެ ފޮޓޯއިން މަންފާއެއް ވިޔަސް ވާނީ އެ ވެރިންނަށެވެ. އެހެންކަމުން މިފަދަ އެއްވުމެއްގައި ބައިވެރިވުމުގެ ކުރިން މިހިރަމިހިރަ ކަންކަމަށް ފިކުރު ހިންގާލަންޖެހެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު ދެ އިންތިހާބު އެއްކޮށްލުމާއެކު ގާނޫނު އަސާސީ އަށް މި ދައުރުގައި އިސްލާހުތަކެއް ހުށަހަޅަނީޚަބަރު | 7 މަސް ކުރިންއެއްވެ އުޅުމުގެ މިނިވަންކަން އޮތުމަކީ ހިތުހުރިހާ ގޮތަކަށް އުޅުމެއްނޫންރިޕޯޓް | 8 މަސް ކުރިންޤާނޫނު އަސާސީއާ ހިލާފަށް ކަންކުރުމަކީ އެމްޑީޕީގެ އާދަކާދައާ ސަޤާފަތް: އަބްދުލް ލަތީފް ޚަބަރު | 9 މަސް ކުރިންޤާނޫނު އަސާސީ ލިޔެފައި އޮތީ ބަދަލެއް ނުގެނެވޭ ގޮތަށްތަ؟ ޚަބަރު | 10 މަސް ކުރިން