logo
Bank of Maldives

Bank of Maldives

ޚަބަރު

ޤާނޫނު އަސާސީއާ ހިލާފަށް ކަންކުރުމަކީ އެމްޑީޕީގެ އާދަކާދައާ ސަޤާފަތް: އަބްދުލް ލަތީފް

ދިއްދޫ ދާއިރާގެ މެމްބަރުަ އަބްދުލް ލަތީފް މުހައްމަދު މެންދުރު ޓީވީގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މެންދުރު
ދިއްދޫ ދާއިރާގެ މެމްބަރުަ އަބްދުލް ލަތީފް މުހައްމަދު މެންދުރު ޓީވީގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މެންދުރު

ޤާނޫނު އަސާސީއާ ހިލާފަށް ކަންކުރުމަކީ އެމްޑީޕީގެ އާދަކާދައާ ސަޤާފަތުގެ ތެރެއިން ހިމެނޭ ކަމެއްކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގެ ދިފާއުގެ ނަމުގައި އެމްޑީީޕީން ކުރިއަށް ގެންދާ ހަރަކާތްތަކާމެދު ޚިޔާލުފާޅުކުރަމުން މެންދުރު ޓީވީގެ ޕްރޮގްރާމެއްގައި، މެންބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވީ، އެމްޑީޕީގެ ފަރާތްތަކަަށް ގާނޫނު އަސާސީގެ ދިފާއުގެ މައުޟޫއާ ގުޅިގެން މާ ބޮޑު އެއްޗްއް ނުބުނެވޭނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤާނޫނު އަސާސީ އެބުނާ ޙައްޤުތަކުގެ ދިފާއުގައި މަސައްކަތްކުރަން އެކަށީގެންވާ ޕާޓީއެއްނޫނޭ، އަދި ކޮށްފަ އޮތް ޕާޓީއެއްވެސް ނޫނޭ، ނުވެސް ކުރެވޭނެ، ނުވެސް ކުރާނެ . ހަމަ އެކަނި އެ ބޭފުޅުންގެ ވާހަކަތަކަށް އެބެފުޅުން ބޭނުންވާ މަޤްސަުދުތައް ޙާސިލްކުރަން. އެ ބޭފުޅުން ބޭނުންވާ ކަންކަން ހާސިލްކުރުމަށް ޓަކާ ދައްކާ ބަހަނާއެއް. ދައްކާ ޙުއްޖަތެއް، - ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު

މެންބަރު އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރު ޤާނޫނު އަސާސަށް އައި ބަދަލުތަކަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެތަކެއް ކަމަކަށް ހިޔާނާތް ވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް އެތަކެއްކަމެއް ޤާނޫނު އަސާސީއާއި ހިލާފަށް ކޮުށްފައިވާކަމަށް މެންބަރު ވިދާޅުވިއެވެ. އެގޮތުން އެ ވެރިކަމުގެ ފަސް އަހަރުގެ މުއްދަތުގައި ވައްކަންކޮށް ހިޔާނާތްތެރިވުމުގެ އިތުރުން، ސިއްޙީ، ތަޢުލީމީ، ޢިޖްތިމާއީ، އަދި މިނޫންވެސް އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމުގައި މެންބަރު ވިދާޅުވިއެވެ.

އަދި މިދިޔަ ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޮވިފައިވުމަކީ، ދިވެހި ރައްޔިތުން އެމްޑީޕީ ސަރުކާރަށް ލިބުނު ފުރުސަތުގައި ކަންކުރީ ރަނގަޅަށް ނޫންކަމަށް ނިންމުންކަން މެންބަރު ވިދާޅުވިއެވެ. އަދި މި ނިންމުން ޤަބޫލުކޮށް އެކަމަށް އެމްޑީޕީން އިހްތިރާމްކުރަންޖެހޭނެ ކަމުގައިމެންބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ލަތީފް ވިދާޅުވީ، އެމްޑީޕީ އަކީ ޤާނޫނު އަސާސީގެ މާއްދާތަކުގެ ޙައްޤުގައި މަސައްކަތްކުރަން އެކަށީގެންވާ ޕާޓީއެއް ނޫންކަމަށެވެ. އަދި ޤާނޫނު އަސާސީއަކީ އެމްޑީޕީއިން ހިމާޔަތްކޮށް، ރައްކާކުރަންޖެހޭ އެއްޗެއް ނޫންކަމަށާއި ނަމަވެސް އެއީ ރާއްޖޭގެ އެންމެހާ ރައްޔިތުންވެސް ތަބާވާން ޖެހޭ އެއްޗެއްކަމަށް މެންބަރު ވިދާޅުވއިެވެ.

އެމްޑީޕީން މިހާރު ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ފާޑުވިދާޅުވަމުން މެމްބަރު ވިދާޅުވީ، އެ ޕާޓީން ހިންގާ މި ހަރަކާތްތަކުގެ މަޤްސަދަކީ ރާއްޖޭގެ ވެރިކަމުގެ ބާރު ހޯދުންކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުން އެ ޕާޓީއާއެކު ކުރިއަށްދާން ކެންޑިޑޭޓުން ބޭނުމެއް ނުވޭ: ފަލާހްޚަބަރު | 2 ދުވަސް ކުރިންޕީއެންސީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކެންޑިޑޭޓު ސިޓީއަށް އޮތީ ވަރުގަދަ ތަސައްވުރެއްޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހްޚަބަރު | 3 ދުވަސް ކުރިންކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރޚަބަރު | 3 ދުވަސް ކުރިން