logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑުމެންނާ ފަލަސްތީނު ރައްޔިތުންނަކީ އެއްބައެއް، އަނިޔާތައް ފެނިފައި ރޮވޭ ހާލަތު އާދޭ: ސައުދުﷲ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ނޮވެމްބަރު 2024 - 14:49
އަޅުގަނޑުމެންނާ ފަލަސްތީނު ރައްޔިތުންނަކީ އެއްބައެއް، އަނިޔާތައް ފެނިފައި ރޮވޭ: ސައުދުﷲ

ދިވެހިންނާއި ފަލަސްތީނު ރައްޔިތުންނަކީ އެއްބައެއް ކަމަށާއި، އަނިޔާތައް ފެނިފައި ރޮވޭ ހާލަތު އަންނަކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައުދުﷲ ވަނީ އެއީ އިޚްލާސްތެރިކަމާއެކު ހުށަހަޅާފައިވާ ގަރާރެއްތޯ ސުވާލު އުފައްދަވާފައެވެ. އޭނާ އެހެން ދެންނެވީ އެމްޑީޕީ އަށް ވެސް އެކަމަށް ފިޔަވަޅުއަޅަން ވަގުތުލިބި ވެރިކަމުގެ ދައުރެއް ނިންމާލާފައިވާތީ، އެމްޑީޕީ އިސްވެއޮޔެ އެކަން ލަސްވެގެން މިހާރު އުޅޭތީއެވެ.

ސައުދުﷲ ވިދާޅުވީ، ފަލަސްޠީނު މީހުންނަށް ޖެހިފައިވާ ގިލަންވެރިކަން، ޚާއްޞަ ގޮތެއްގައި މިހާރު ލިބެމުންދާ އަނިޔާތައް ފެނުމުން ލަގޮނޑިއަށް ކެއްވާވަރުނުވާ ކަމަށެވެ. އަދި ޙަޤީޤަތުގައި ވެސް ވަރަށް ދެރަވެ، ހަމަ ރޮވޭ ހާލަތަށް ވެސް އަންނަކަމަށެވެ.

''ކުޑަކުދިން އެ އުޅޭ ގޮތާއި އަންހެނުން އެ އުޅޭ ގޮތާއި އެއްޗެހި ފެނުނީމަ ދެރަވޭ، އެހެންނަމަވެސް، އަޅުގަނޑުމެންނަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދީނީ ގޮތުން އެއްބަނޑު އެއްބަފާ ބައެއް، އެހެންނަމަވެސ،ް ފަލަސްޠީނުގެ ވަށައިގެން އެ ތިބަ ޢަރަބީންނަކީ ޢާއިލީގޮތުން ވެސ،ް ދަރިފަސްކޮޅުގެ ގޮތުން ވެސް އަދި ދީނީ ގޮތުން ވެސް އެއްބަނޑު އެއްބަފާ ބައެއް، އަޅުގަނޑުމެންނަށްވުރެ މާ މުއްސަނދި، މާ ފުދުންތެރި އަދި ފަލަސްޠީނު ރައްޔިތުންނާ އެހާ ގާތް ބަޔަކު ނާޅާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާއިރު އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭ ވެސް އަޅުގަނޑުމެން ވިސްނަންޖެހޭ'' ސައުދުﷲ ވިދާޅުވެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީޔޫ އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ދިޔާނާ އަޔަންކުރުން ކޮމެޓީން ރުހުންދީފިޚަބަރު | ދުވަހެއް ކުރިންގައިދީން ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންޖަޕާނު މަހެއް ވިހާހެން ގާނޫނާއި ގަވާއިދާ ހިލާފަށް ވަޒީފާތައް ދިނީ އެމްޑީޕީ ސަރުކާރުން: އައިބީޚަބަރު | 3 ދުވަސް ކުރިން''މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަކީ އަމާޒު''ޚަބަރު | 3 ދުވަސް ކުރިން