logo
MPL

MPL

ޚަބަރު

އާ އިސްލާހުތަކުން މެންބަރުން އެއްވެސް ޕާޓީއަކަށް ވިކިގެން ނުދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ: އައިބީ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ނޮވެމްބަރު 2024 - 18:42
އާ އިސްލާހުތަކުން މެންބަރުން އެއްވެސް ޕާޓީއަކަށް ވިކިގެން ނުދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ: އައިބީ

އާ އިސްލާހުތަކުން މެންބަރުން އެއްވެސް ޕާޓީއަކަށް ވިކިގެން ނުދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ.

އައިބީ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިބީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނަޒާހަތްތެރި މެންބަރުންނަށް ވާންޖެހޭކަމަށެވެ. އެހެންކަމު އެ އިސްލާހްތަކަށް ތާއީދު ކުރަށްވާކަމަށް ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ޤާނޫނަކީ އެމްޑީޕީން ފާސްކުރި ޤާނޫނެއްކަން ފާހަގަކުރަށްވައި، އައިބީ ވިދާޅުވީ، އެންޓ-ިޑިފެ ކްޝަންގެ ޤާނޫނު މިހާރު މި އޮތް ގޮތުން، އެ ގާނޫނަށް ޢަމަލުކުރަމުންދާއިރު މި ގާނޫނަށް ޤާނޫނުއަސާސީން ބާރުތަކެއް ލިބިގެން ނޫނީ، މިހާރު ޤާނޫނުއަސާސީން މި ލިބިފައިވާ މުހިންމު ޙައްޤު ތައް ރައްޔިތުންނަށް ލިބިދާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

''އިއްޒަތްތެރި މެންބަރުންނަށް ދިވެހި ރައްޔިތުން އިނގިލި ދިއްކުރަން ފުރުޞަތު ލިބިގެން ނުވާނޭ، އަޅުގަނޑުމެންނަށް ހިތަށްއެރި ކޮންމެ ވަގުތެއްގައި ޕާޓީ ބަދަލުކުރުމާއި އަދި އެއް ޕާޓީން އަނެއް ޕާޓީއަށް ދިއުމާއި އަދި ތިމަންނަ އިންތިޚާބުކުރެވުނު ޕާޓީގެ ސިޔާސަތާއި އަދި ރައްޔިތުންގެ ވިސްނުމާ ޚިލާފަށް ޕަޓީތަކުގައި ވޯޓުދީ އަދި ދިވެހިރާއްޖޭގެ އެކި ގޮތްގޮތުން އެކި ޕާޓީތަކުންނާއި އަދި އެކިއެކި ވިޔަފާރިވެރިންގެ ނުފޫޒު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮވޭ، އެ ޕާޓީތަކުން ވެރިކަންކުރަން ރައްޔިތުންނަށް ބޭނުންވާ ގޮތާއި ވެރިކަން ނުކުރެވޭ ގޮތް މެދުވެރިވުމަކީ އެއީ އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތެއް ނޫން،'' އައިބީ ވިދާޅުވެފަވެއެވެ.

''އެހެންވީމ،ާ މިއަދު މި ހުށަހެޅިފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީން އެންޓ-ި ޑިފެކްޝަން ގާނޫނުއަށް އަޅުގަނޑަށް ގަބޫލުކުރާ ގޮތުގައި އިތުރު ބާރުތަކެއް ލިބ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް އަޅުގަނޑަށް ޔަގީންކުރެވޭތީވެ އިއްޒަތްތެރި ރައީސ،ް މި އިޞްލާޙަށް އަޅުގަނޑު ތާއީދުކުރަން.'' އައިބީ އިތުރަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ %99 އަކީ ތަޢުލީމީ އާބާދީއެއް: ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ: އައިބީޚަބަރު | 3 ގަޑިއިރު ކުރިންބަޖެޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްޚަބަރު | 9 ގަޑިއިރު ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 3 ދުވަސް ކުރިންއަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | 3 ދުވަސް ކުރިން