ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 200 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
21 ނޮވެމްބަރު 2024 - 04:55

ލުބްނާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ވަރުގަދަވެ، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ ކުޑަކުދިން މަރުވެ، 1100 އަށް ވުރެ ގިނަ ކުދިން ޒަހަމްވެފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފި އެވެ.
ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ މީގެ އަހަރަކާ މަސްދުވަސް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނައްތާލަން ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ޤައުމުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އެ ޖަމާޢަތުގެ އަމާޒަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.

Ad by Hajj Corporation
ޣައްޒާގެ ކުޑަކުދިންނަށް ޔަހޫދީ ފައުޖުން ޖައްސާފައިވާ ނިކަމެތި ހާލަތާ އެއްފަދަ މަންޒަރުތަކެއް ލުބްނާނުން ފެންނަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 43,000އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި، ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ގެދޮރު ވަނީ ސުންނާފަތިކޮށްލާފައެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,516އަށް އަރާފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 14,929އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އަރާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުމަތީގައެވެ.


