logo
Bank of Maldives

Bank of Maldives

ޚަބަރު

ގާނޫނު އަސާސީއަށް ބަދަލު ގެންނަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ދީފައި: ޝާހިދު

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
21 ނޮވެމްބަރު 2024 - 07:27
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ވާނީ، އެ ބަދަލުތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހުގައި ކަމުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީއަށް ހަތަރު އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކޮށް، ރޭ އެ އިސްލާހުތައް ތަސްދީގުކުރެއްވުމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ، 2008 ވަނަ ވުޖޫދުކުރި ގާނޫނު އަސާސީގެ މުޅި މަފްހޫމަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށާއި، އެގޮތަށް އަމަލުކުރުމުގެ ވައްޓަފާޅިއެއް ރައްޔިތުންގެ މަޖިލީހުގައި އަށަގަނެވުނީ 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހާ ހަމައިން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝާހިދު ވިދާޅުވީ، އޭރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގައި ވެސް ރައްޔިތުންގެ ޚިޔާލަށް ފުރުސަތު ދިނުމަކީ ކުރާ ކަމަކަށް ވުމުން، އިއްޔެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފާސްކުރި އިސްލާހުތަކުގައި ވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި ގާނޫނު އަސާސީއަށް ބަދަލުގެނެވޭ ވަރަށް މެންބަރުންގެ އަދަދު ހަމަކުރެވޭތީވެ، އެފަދައިން ޢަމަލުކުރުމަކީ ޑިމޮކްރެސީ ދަންނަ ކަމެއް ނޫން ކަމުގައި ވެސް ޝާހިދު ވިދާޅުވިއެވެ.

އިއްޔެ މި ފާސްކުރެވިގެން ދިޔަ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބޮޑެތި ބަދަލުތަކަކީ އެ ބަދަލުތަކާ މެދު ރައްޔިތުން ދެކޭ ގޮތެއް ހޯދާލުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ޖެހޭނެ ބަދަލުތަކެއް ކަމުގައި އަޅުގަނޑުމެން ދެކެން، - އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ އިއްޔެ ސަރުކާރުން ޢަމަލުކުރި ގޮތުން ދޭހަވަނީ، ސަރުކާރުން ޢަމަލުކުރާނީ ހިތުހުރި ގޮތަކަށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެވަޑައިގަންނަވާ ކަމުގައިވަނީ ނަމަ، ރާއްޖޭގެ އަނެއް ދެ ބާރުގެ ވެރިން ވެސް ބަދަލުކުރުމުގެ ފުރުސަތު ރައީސަށް މިހާރު ފަހިވެފައިވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި، މިހާރުގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވެސް އެ ޕާޓީން ވަކިކުރައްވައިފި ޙާލަތެއްގައި މަޖިލީހުގެ މެންބަރުކަމުންނާއި މަޖިލީހުގެ ރައީސް ކަމުން ވެސް ވަކިވާނެ ކަމުގައި ޝާހިދު ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން، މަޖިލީހުގެ ރައީސަށް ވެސް އިތުރަށް ސުވާލު ކުރެއްވުމުގެ ޖާގައެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމުގައި ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީން އެފަދައިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ، ގާނޫނު އަސާސީއަށް ހަތަރު އިސްލާހެއް ގެނައުމަށް އިއްޔެ މަޖިލީހުން ފާސްކޮށް، ރޭ އިސްލާހުތައް ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެ ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އައު ދެ ހާލަތު ހިމެނުމާއި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށައެޅުން ރައީސްއަށް ލިބިދޭ ގޮތަށް ބަދަލުކުރުމާއި އަދި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ހިމެނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިބުނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު! ވާރުތަވި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތަކާއެކު އުންމީދުރިޕޯޓް | 4 ގަޑިއިރު ކުރިންރާއްޖެއާއި ލަންކާއާ ދެމެދު ވިޔަފާރި ފެރީގެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރަނީ ޚަބަރު | 11 ގަޑިއިރު ކުރިންބަޖެޓް 2026: ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ޚަބަރު | 12 ގަޑިއިރު ކުރިންބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާޚަބަރު | ދުވަހެއް ކުރިން