logo
E-Platinum
ޚަބަރު

ޢުމްރާއަށް ގެންދިއުމުގެ ހުއްދަ އޮތް ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފި

އަޙްމަދު ޒަލީފް
21 ނޮވެމްބަރު 2024 - 14:52
ޢުމްރާއަށް ގެންދިއުމުގެ ހުއްދަ އޮތް ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފި

ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓެއް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.މި ލިސްޓްގައި 57 ކުންފުންޏެއް ހިމެނެ އެވެ.

މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން މި އަހަރު އަލަށް ހުއްދަ ދީފައި ވަނީ 14 ކުންފުންޏަކަށެވެ.

ހައްޖާ އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިސްލާމިމް މިނިސްޓްރީން ދާދި ފަހުން ވަނީ އެ ހިދުމަތްދޭ ކުންފުނިތަކާ އެކީ މަހާހިންސާތާއެއް ބާއްވާފައެވެ. އެ މަހާސިންތާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އުމްރާ ދަތުރުތަކުގެ އަގު ވީހާ ވެސް ކުޑަކޮށް، ވީހާ ވެސް ގިނަ ބަޔަކަށް އުމްރާ އަށް ދެވޭނެ މަގުފަހިކޮށް ދޭން ކުންފުނިތަކުގެ ކިބައިން އެދިފަ އެވެ.

އުމްރާ މީހުން ގެންދިއުމުގެ އާ ގަވާއިދުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް ކޮންމެ އިރަކު ވެސް އެދެވޭނެ އެވެ. ހުއްދަ އަށް އެދޭއިރު 20،000ރ. ގެ ފީއެއް ދައްކަން ޖެހޭ އިރު ހުއްދަ އާކުރާ ނަމަ 15،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

‘’ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުން’’ޚަބަރު | 2 މަސް ކުރިންރައީސްގެ ނިންމެވުމާއި އެއްގޮތަށް ހައްޖުވެރިން މައްކާއިން މަދީނާއަށް ދާނީ ހައިސްޕީޑް ޓްރެއިންގައިޚަބަރު | 2 މަސް ކުރިންޢުމްރާއަށް ގެންދިއުމުގެ ހުއްދަ އޮތް ކުންފުނިތަކުގެ ލިސްޓް އާންމުކޮށްފި ޚަބަރު | 8 މަސް ކުރިން