logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީ އަށް ލިބެމުންދާ ކާމިޔާބުތަކުން ދައްކުވައި ދެނީ ރައްޔިތުން ރައީސް މުޢިއްޒުގެ ސިޔާސަތުތައް ބަލައިގެންފައިވާކަން: އަބުދުއްރަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ނޮވެމްބަރު 2024 - 09:41
ޕީއެންސީ އަށް ލިބެމުންދާ ކާމިޔާބުތަކުން ދައްކުވައި ދެނީ ރައްޔިތުން ރައީސް މުޢިއްޒުގެ ސިޔާސަތުތައް ބަލައިގެންފައިވާކަން: އަބުދުއްރަހީމް

ޕީއެންސީ އަށް  ލިބެމުންދާ ކާމިޔާބީތަކުން އެނގިގެންދަނީ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ޕާޓީގެ ސިޔާސަތުތައް ބަލައިގަނެފައިވާކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އަބުދުއްރަޙީމް މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށްދާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ދަރުބާގޭގައި ހުންނަވައި 'މެންދުރުޓީވީ' އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަބުދުއްރަޙީމް ވިދާޅުވީ، ޕީއެންސީއަށް ކުރުމުއްދަތެއްގެ ތެރޭގައި ގިނަ ޢަދަދެއްގެ މެންބަރުން ސޮއިކޮށްފައިވުމަކީ ޕާޓިއަށް ލިބޭ ކުރިއެރުމެއްކަށާއި، ޕާޓީ ހިންގުން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

މިހާރު އެޕާޓީއަށް ލިބެމުންދާ ކާމިޔާބީތަކުން އެނގިގެންދަނީ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ޕާޓީގެ ސިޔާސަތުތައް ބަލައިގަނެފައިވާކަމަށާއި، ވެރިކަމާއި ހަވާލުވިއިރު، ޕާޓީގައި ތިބީ 3022 މެންބަރުން. ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އެ ޕާޓީއަށް  މިހާތަނަށް ޞައްޙަ 97 ހާސް މެމްބަރޝިޕް ފޯމް ލިބިފައިވާކަމަށާއި  އެ ޕާޓީގެ މެމްބަރޝިޕްގެ އަދަދު ކުރިއަށް އޮތްތާގައި 1 ލައްކަ އަށް އަރާނެކަމަށް ވިދާޅުވެ އަބުދުއްރަޙީމް ވިދާޅުވި، 100،000 މެންބަރުންނާއި ހަމައަށް މިދިޔައީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަތުމުން ކަމަށެވެ. އަދި އެކަން އެހެން އެވަނީ ޕީއެންސީ ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އުސޫލްތައް ހަރުދަނާވުމުންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ގައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރުން: އަބުދުއްރަހީމްޚަބަރު | ދުވަހެއް ކުރިންރޯދައިގެ ފައިދާ ފުރިހަމައަށް ލިބިގަތުމަށް އަބުދުއްރަހީމްގެ ނަސޭހަތެއް މެމްބަރުންނަށް ޚަބަރު | 8 މަސް ކުރިންމަސްވެރިންގެ ހައްގުތަކަށް ހޯދައިދިނުމަށް ރައީސް ކުރަށްވާ މަސައްކަތްޕުޅަށް އަބުދުއްރަޙީމްގެ ޝުކުރުޚަބަރު | 10 މަސް ކުރިންފައްޔާޒުގެ ވާހަކައަކީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން: އަބުދުއްރަހީމްޚަބަރު | 10 މަސް ކުރިން