logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

2028ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު އިއުލާނުކުރައްވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
23 ނޮވެމްބަރު 2024 - 13:03
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް: އޭނާ ވަނީ 2028 ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި -- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް: އޭނާ ވަނީ 2028 ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި -- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމައީލް އިއުލާންކުރައްވައިފިއެވެ.

ފައްޔާޒް އެކަން އިއުލާންކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ އިގްތިސާދީ ވަޒީރުކަން ވެސް ކުރެއްވި ފައްޔާޒުގެ އެ މެސެޖުގައި ވިދާޅުވީ، 2028 ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި، އެކަމަށް އެ ޕާޓީގެ ބޭފުޅުން ސަޕޯޓުކޮށްދިނުމަށެވެ. ފައްޔާޒުގެ އެ މެސެޖަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވަނީ އެއީ ރަނގަޅު ނިންމުމެއް ކަމުގައި ވިދާޅުވެ، ތާއީދުކުރައްވާފައެވެ.

[.jpg

ޝައުގުވެރިކަން ފާޅުކޮށް، ދައުރުވަމުންދާ ވަޓްސްއެޕްގެ ސްކްރީންޝޮޓް

2028 ގެ ރިޔާސީ އިންތިހާބުގައި ފައްޔާޒު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާއިރު، އެ އިންތިހާބުގައި ފައްޔާޒު ވާދަކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް މީގެ ކުރިން ވެސް ވަނީ ފެތުރިފައެވެ. އެގޮތުން ފައްޔާޒުގެ އިތުރުން، އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަމަށް އަޑު ފެތުރޭ ބޭފުޅުންގެ ތެރޭގައި މިހާރުގެ މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

އެހެން ނަމަވެސް އެކަން އޭގެ ތެރެއިން މިހާތަނަށް ރަސްމީކޮށް އިއުލާންކުރެއްވީ ފައްޔާޒު އެކަންޏެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީ މަގުގައި ދެ މިނިޓް: އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލެއް, ނޫނެކޭ ބުނަންވީ މިހެންވެރިޕޯޓް | ދުވަހެއް ކުރިންދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން އެމްޑީޕީ އިން ދެކޮޅު ހަދަނީ ރައީސް ނިންމެވި ކަމަކަށްވާތީ: މަހްލޫފްޚަބަރު | 16 ދުވަސް ކުރިންރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ހަދަން އެމްޑީޕީން ފާސްކޮށްފިޚަބަރު | މަހެއް ކުރިންއެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" ރަސްމީކޮށް އިފުތިތާހުކޮށްފިޚަބަރު | 2 މަސް ކުރިން