logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ޕާޓީއަކުން މަޖިލިސް މެންބަރެއް ވަކިކުރެވޭ ހަމަ ބަޔާންކޮށް ގާނޫނެއް ހަދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ނޮވެމްބަރު 2024 - 03:46
ޕާޓީއަކުން މަޖިލިސް މެންބަރެއް ވަކިކުރެވޭ ހަމަ ބަޔާންކޮށް ގާނޫނެއް ހަދަނީ

ސިޔާސީ ޕާޓީއަކުން މަޖިލިސް މެންބަރެއް ވަކިކުރެވޭ ހަމަ ބަޔާންކޮށް ގާނޫނެއް ހައްދަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަޙީމް މިހެން ވިދާޅުވީ، ޕީއެންސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް 20 ނޮވެމްބަރު 2024 ގައި މަޖިލީހުން އިސްލާޙްގެނެސްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާޙްގެ ބިލު އެދުވަހު ތަސްދީގު ކުރެއްވުމާއެކު އެވަގުން ފެށިގެން ވަނީ އެ އިސްލާޙަށް ޢަމަލުކުރަން ފަށާފައެވެ.

ގާނޫނުއަސާސީ އަށް ގެނައި އެ އިސްލާހުގައިވާ ބުނާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

މި އިސްލާހްގައި ޕާޓީއަކުން މެމްބަރަކު ވަކިކޮށްފިނަމަ ގޮނޑިގެއްލޭނެކަމަށް ބުނާ ހާލަތާއި ގުޅިގެން އަބުއްރަޙީމް ވިދާޅުވީ، މެންބަރުންގެ ގޮނޑި ގެއްލޭނީ ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީން ވަކިކުރުމުން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

"އެހެންވީމަ އޭގެ މާނައަކީ އަދި އެކަމަށް ވަކި ގާނޫނެއް އެބަ އާދެޔޭ. ހަމަ ޕާޓީގައި އޮންނަ ސުލޫކީ ކޮމިޓީގެ ތިން މީހުން އެއްވެފައި އަޅުގަނޑު ކަނޑާލަން ނިންމައިގެން ކަނޑާލާ ވާހަކައެއް ނޫން އޮންނަނީކީ. އެ ގެނައި އިސްލާހުގައި އޮންނާނެ ގާނޫނުގައިވާ ގޮތުގެ މަތިން މީހަކު ވަކިކޮށްފިއްޔާ ނުވަތަ ވަކިވެއްޖެއްޔާ ގޮނޑި ގެއްލޭ ގޮތަށް އޮންނާނީ،" އެ މަނިކުފާނު ވިދާޅުވެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެދެނީ ރައްްޔިތުންނަށް އުފާ ފާގަތިކަން - ދެއްވި ފުރުސަތަށް ރައީސް އަށް ޝުކުރު!ޚަބަރު | ގަޑިއިރެއް ކުރިންނަރުދޫ ކައުންސިލާ، ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް! ޚަބަރު | ދުވަހެއް ކުރިންވަށަފަރުން އެމްޑީޕީއަށް ޖާގައެއް ނުދިން، ހުރިހާ ގޮނޑިއެއް ވެސް ޕީއެންސީއަށް!ޚަބަރު | 2 ދުވަސް ކުރިންކައުންސިލު އިންތިހާބުގެ ގިނަ ގޮނޑިތައް އެމްޑީޕީ އަދި ޕީއެންސީ އަށްޚަބަރު | 2 ދުވަސް ކުރިން