logo
Bank of Maldives

Bank of Maldives

ދުނިޔެ

48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 120 މީހުން ޝަހީދުކޮށްލައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
24 ނޮވެމްބަރު 2024 - 06:57
 ޣައްޒާގައި ޝަހީދުވި މީހުންގެ އާއިލާތަށް ހިތާމަކުރަނީ---- ފޮޓޯ/ސީއެންއެން
ޣައްޒާގައި ޝަހީދުވި މީހުންގެ އާއިލާތަށް ހިތާމަކުރަނީ---- ފޮޓޯ/ސީއެންއެން

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ޣައްޒާގައި ތިބި ފަލަސްތީނުގެ 120 މީހުން ޝަހީދުވެ، އެންކްލޭވްގެ އުތުރުގައި ހުންނަ ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް ޢަދްވާނީ ހޮސްޕިޓަލަށް ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެ ތަނުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ބައެއް މީހުން ޒަޚަމްވެ، ތަނުގެ އާލާތްތައް ވަނީ ހަލާކުވެފައެވެ.

ކަމާލް ޢަދްވާނީ ހޮސްޕިޓަލަކީ ، ޣައްޒާގެ އުތުރުގައި މި ވަގުތު ޚިދުމަތްދޭ ތިން ހޮސްޕިޓަލުގެ ތެރެއިން އެއް ތަނެވެ. އެ ސަރަޙައްދުގައިވާ އެހެން ހުރިހާ ހޮސްޕިޓަލަކާއި ޞިއްޙީ މަރުކަޒެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ކަމާލް ޢަދްވާނީ ހޮސްޕިޓަލުގެ ޑިރެކްޓަރ ޙުސާމް އަބޫ ޞަފިއްޔާ ވިދާޅުވީ އެ ތަނަށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތަކެއް ދިނުމުގެ ބޭނުމަކީ އެ ތަން ހުސްކޮށް، ޞިއްޙީ ޚިދުމަތްތަކަށް ހުރަސް އެޅުމެވެ. އަދި، އެ ތަނުގައި ތިބި ބަލިމީހުން ދޫކޮށްފައި ދިޔުމަށް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ދެކޮޅު ހަދަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަލަސްތީނުގެ 44،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޣައްޒާގެ އާބާދީގެ ބޮޑު އާބާދީއަކަށް މަދުވެގެން އެއް ފަހަރު ގެދޮރު ގެއްލިފައިވެއެވެ. މިހާރު 13 ވަނަ މަހަށް ފުރުނު މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއެއްގައި އިސްރާއީލުގެ 1200 މީހުން މަރުވެ، 250 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްގެން ގެންދިއުމާ ގުޅިގެންނެވެ. ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު، ދެ ފަރާތުން ވެސް ލުއިތަކެއް ދޭން ތައްޔާރަށް ތިބެންދެން މަޝްވަރާތައް ވަނީ މެދުކަނޑާލައިފަ އެވެ.

ހަމާސް ޖަމާއަތުން ދަނީ ހަމަނުޖެހުން ތައް ހުއްޓާލުމަށާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން މިނިވަންކުރުމަށާއި ބަނގުރޫޓުވެފައިވާ މީހުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އެއާ ޚިލާފަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ ހަނގުރާމަ ނިމުމަކަށް އަންނާނީ ހަމާސް މުޅިން ނައްތާލެވިގެން ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަމާސްގެ ބިންގަރާސްތައް ހަލާކުކޮށްލުމުގެ މަސައްކަތް ފަށަން ޔަހޫދީ ދިފާއީ ވަޒީރު ގޮވާލައިފި ދުނިޔެ | 6 ގަޑިއިރު ކުރިންޣައްޒާއިން ސިއްހީ އެހީގެ ސާމާނު ހުސްވަނީ ދުނިޔެ | 7 މަސް ކުރިންޣައްޒާގެ މަދަރުސާއަކަށް ބޮންއަޅައި 13 މީހުން ޝަހީދުކޮށްލައިފިދުނިޔެ | އަހަރެއް ކުރިން48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 120 މީހުން ޝަހީދުކޮށްލައިފިދުނިޔެ | އަހަރެއް ކުރިން