logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާގެ މަދަރުސާއަކަށް ބޮންއަޅައި 13 މީހުން ޝަހީދުކޮށްލައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
28 ނޮވެމްބަރު 2024 - 06:22
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް--- ފޮޓޯ/ދަ ގާރޑިއަން
އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް--- ފޮޓޯ/ދަ ގާރޑިއަން

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން، އެތަކެއް ސަތޭކަ ބަޔަކު ހިޔާވަހިކަން ހޯދަމުން ދިޔަ މަދަރުސާއަކަށް ޓެރަރިސްޓުން ޙަމަލާތަކެއްދީ، 13 މީހުން ޝަހީދުކޮށްލައިފިއެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދީފައި ވަނީ ޣައްޒާ ސިޓީގައި ހުންނަ މަދަރުސާއަކަށެވެ. އެއީ، ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ މަދަރުސާއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، ޣައްޒާ ސިޓީގެ އެންމެ ޒަމާންވީ ޒަޔިތޫން އަވަށުގައި ހުރި އަލް-ޙުއްރިއްޔާ މަދަރުސާއަށް ދީފައިވާ ޓެރަރިސްޓް ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޒަޔިތޫނުގައި ޢާންމުން ދިރިއުޅޭ ގެއަކަށް ވެސް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ބޮންއަޅާފައިވާ ކަމުގައި ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ. އެ ޙަމަލާގައި ހަތް މީހުން ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލިއެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ވެސް ޙަމަލާދީ، ޔަހޫދީ ސިފައިން ވަނީ އެކަކު ޝަހީދު ކޮށްލާފައެވެ.

އެންމެ ފަހުން ދިން މި ހަމަލާއަކީ ޣައްޒާގައި 44،250 އަށް ވުރެ ގިނަ މީހުން މަރުވެ، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، 104،700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އިސްރާއީލުގެ އަމަލުތައް ބައިނަލްއަގްވާމީ މުޖުތަމައުން ކުށްވެރިކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ވަނީ އެއީ އާބާދީއެއް ނައްތާލުމަށް ރޭވިގެން ކުރާ ކަމެއްގެ ގޮތުގައި ލޭބަލްކޮށްފަ އެވެ.

ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފިއެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި ވެސް އިޒްރޭލުގެ މައްޗަށް ވަނީ ޖެނޯސައިޑް މައްސަލައެއް ހުށަހަޅައިފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަމާސްގެ ބިންގަރާސްތައް ހަލާކުކޮށްލުމުގެ މަސައްކަތް ފަށަން ޔަހޫދީ ދިފާއީ ވަޒީރު ގޮވާލައިފި ދުނިޔެ | 6 ގަޑިއިރު ކުރިންޣައްޒާއިން ސިއްހީ އެހީގެ ސާމާނު ހުސްވަނީ ދުނިޔެ | 7 މަސް ކުރިންޣައްޒާގެ މަދަރުސާއަކަށް ބޮންއަޅައި 13 މީހުން ޝަހީދުކޮށްލައިފިދުނިޔެ | އަހަރެއް ކުރިން48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 120 މީހުން ޝަހީދުކޮށްލައިފިދުނިޔެ | އަހަރެއް ކުރިން