logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާއިން ސިއްހީ އެހީގެ ސާމާނު ހުސްވަނީ

ޣައްޒާއިން ސިއްހީ އެހީގެ ސާމާނު ހުސްވަނީ

ސިއްހީ އެހީގެ ސާމާނު ހުސްވާތީ ޣައްޒާގެ ޞިއްޙީ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަހަކަށްވުރެ ގިނަ ދުވަހު އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް ވަނުން މަނާކުރުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ހުރި ބޭހުގެ ސްޓޮކް ވަނީ "ނުރައްކާތެރި" އަދި "މިހާތަނަށް ދުވަހަކުވެސް ނުދެކޭފަދަ" ދަށް މިންވަރަކަށް ގޮސްފައެވެ.

މިއަދު އިޒްރޭލުން ވަނީ ޣައްޒާގައި ހައްޔަރުކޮށްފައިވާ 80 އެއްހާ ފަލަސްޠީނުން ދޫކޮށްލާފައެވެ. މީގެ ތެރެއިން 10 މީހުންނަށް ވަނީ ކުއްލި ޞިއްޙީ ފަރުވާ ބޭނުންވެފައެވެ.

ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ބުނާ ގޮތުގައި މިއަދު ފަތިހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 17 މީހުން ވަނީ ޝަހީދުވެފައެވެ.

އިއްޔެ، ޣައްޒާ ސިޓީގެ ޝުޖާޢިއްޔާ ސަރަޙައްދުގައި ހުރި ރިހާއިޝީ ޢިމާރާތްތަކަށް އިޒްރޭލުން ދިން ގިނަ ހަމަލާތަކުގައި މަދުވެގެން 35 ފަލަސްޠީނުން ޝަހީދުވެ އިތުރު 55 މީހުން ޒަޚަމްވެފައިވެއެވެ. އަދި 80 މީހުން އިމާރާތްތަކުގެ ދަށުވެފައިވާކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި އިޒްރޭލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 50,846 ފަލަސްޠީނުން ޝަހީދުވެފައިވާކަން ޔަޤީންވެފައިވެއެވެ. އަދި 115,729 މީހުން ވަނީ ޒަޚަމްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަމާސްގެ ބިންގަރާސްތައް ހަލާކުކޮށްލުމުގެ މަސައްކަތް ފަށަން ޔަހޫދީ ދިފާއީ ވަޒީރު ގޮވާލައިފި ދުނިޔެ | 6 ގަޑިއިރު ކުރިންޣައްޒާއިން ސިއްހީ އެހީގެ ސާމާނު ހުސްވަނީ ދުނިޔެ | 7 މަސް ކުރިންޣައްޒާގެ މަދަރުސާއަކަށް ބޮންއަޅައި 13 މީހުން ޝަހީދުކޮށްލައިފިދުނިޔެ | އަހަރެއް ކުރިން48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 120 މީހުން ޝަހީދުކޮށްލައިފިދުނިޔެ | އަހަރެއް ކުރިން