logo
MPL

MPL

ކުޅިވަރު

ބޮޓްސްވާނާ އިންޓަރނޭޝަނަލް މިކްސްޑް ޑަބަލްސްގެ ރިހިމެޑަލް ރާއްޖޭގެ ޕެއަރ އަށް

އަބްދުﷲ ޣާނިމް
25 ނޮވެމްބަރު 2024 - 06:53
މުބާރާތުގައި ބައިވެރިވި ކުޅުންތެރިންތައް ތައްޓާއި މެޑަލް ދައްކާލަނީ. ފޮޓޯ: ރިވައިވަލް ސްޕޯރޓްސް ކްލަބް
މުބާރާތުގައި ބައިވެރިވި ކުޅުންތެރިންތައް ތައްޓާއި މެޑަލް ދައްކާލަނީ. ފޮޓޯ: ރިވައިވަލް ސްޕޯރޓްސް ކްލަބް

އިއްޔެ ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް ސީރީޒްގެ މިކްސްޑް ޑަބަލްސް ކެޓަގަރީގެ ފައިނަލުގައި އަޒަރްބައިޖާންގެ ޕެއަރ އެއްކަމުގައިވާ އީރާ މަފްތޫހާ އާއި އަގީލް ގަބިލޯވް އާއި ވާދަކޮށް ރާއްޖޭގެ ހުސައިން ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ އަބްދުރައްޒާގްގެ ޕެއާއިން ރިހި މެޑަލް ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ޕެއަރ ދަތުރުކުރީ ސެމީގައި އަޒަރުބައިޖާންގެ ޕެއައެއް ކަމަށްވާ ހާޖަރ އާއި ޖާހިދު ބަލިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފައިނަލް މެޗުގައި ރާއްޖޭގެ ޕެއަރ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗު ފެށިގެން ވާދަވެރިކުޅުމެއް ފެނުނު ފުރަތަމަ ސެޓު އަޒަރުބައިޖާންގެ ޕެއަރ ކާމިޔާބުކުރީ 23-21 އިންނެވެ. އަދި ދެވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ 21-18 އިންނެވެ.

 މި މުބާރާތުގެ ޑަބަލްސް ޕެއަރ ގެ ފައިނަލުން ބަލިވެ ރިހި މެޑަލް ލިބުނަސް މި މުބާރާތުގެ ސިންގަލް އިވެންޓުން ނަބާހާ ވަނީ ރަން މެޑަލް ހޯދާފައެވެ. ފައިނަލުގައި ނަބާހާ ވާދަކޮށްފައިވަނީ އޭނާގެ ކޮށްކޮ ނަބީހާ އާއި ދެކޮޅާށެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުން ބައިވެރިވީ ރިވައިވަލް ސްޕޯރޓްސް ގެ ނަމުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ މަތިން ޕޮއިންޓް ހޯދައި، 14 އަހަރުގެ ޔަލްވީ އަނެއްކާވެސް ގައުމީ ބެޑްމިންޓަން ޓީމަށްޚަބަރު | 5 ގަޑިއިރު ކުރިންރާއްޖޭގެ އެންމެ އުއްމީދީ ބެޑްމިންޓަން ކުލުންތެރިޔާ ލައިބާ ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފިކުޅިވަރު | އަހަރެއް ކުރިންބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ރާއްޖޭގެ ފެޑެރޭޝަން ސަސްޕެންޑުކޮށްފިކުޅިވަރު | އަހަރެއް ކުރިންފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތުގެ ސެމީފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެކުޅިވަރު | އަހަރެއް ކުރިން