logo
MPL

MPL

ޚަބަރު

ރިޔާސީ އިންތިހާބަށްވުރެ ވިސްނަންވީ ސަރުކާރު ޖަވާބުދާރީ ކުރުވަން- ޝާހިދު

ހުސައިން ވަސީމް
25 ނޮވެމްބަރު 2024 - 06:03
ރިޔާސީ އިންތިހާބަށްވުރެ ވިސްނަންވީ ސަރުކާރު ޖަވާބުދާރީ ކުރުވަން- ޝާހިދު

ރިޔާސީ އިންތިހާބުގެ ވާހަކަދެއްކުން މާ އަވަސް ކަމަށާ ޕާޓީން މިވަގުތު ފޯކަސްކުރަންވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކުން އަދި މާއަވަސް ކަމަށެވެ. މިއަށްވުރެ ޕާޓީ އިން ފޯކަސް ކުރަން ޖެހޭ މުހިންމު އެހެން ކަންތައްތައް އެބަހުރި ކަމަށް ޝާހިދު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝާހިދު ވިދާޅުވީ މިވަގުތައް ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކުމުގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށާ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ މުޅި ފޯކަސް މިވަގުތު ހުންނަންވީ ސަރުކާރު ޖަވާބު ދާރީ ކުރުވަން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެންމެ މުހިންމު ކަމަކީ އެއީ ކަމަށްވެސް ޝަހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިވަގުތު ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަން ހަދައިގެން، މި ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ގެއްލުންތަކުގެ ވާހަކަ ނުދެއްކި، ޕާޓީގެ މިސްރާބު ގެއްލިދާނެ ކަމަށެވެ. އޭރުން ގެއްލުން ލިބޭނީ ގައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކުން އަދި މާ އަވަސް ކަމަށާ މިވަގުތު ރިޔާސީ އިންތިހާބުގެ ވާހަކަދައްކަން ހަދައިގެން ޕާޓީގެ ފޯކަސް ގެއްލި ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގެ ވާހަކަ ދެއްކުމަށްވުރެ 2026 ވަނަ އަހަރުގެ ކައުންސިލް އިންތިހާބަށް ވިސްނުންވެސް މާ މުހިންމު ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިހެންވިދާޅުވެފައިވާއިރު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާނެކަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ޝާހިދުވެސް 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަމަށް އަޑު ފެތުރޭ ބޭފުޅުންގެ ތެރޭގައި މިހާރުގެ މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އަދި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނި ވަޑައިގަންނަވަ އެވެ.

އެހެން ނަމަވެސް އެކަން އޭގެ ތެރެއިން މިހާތަނަށް ރަސްމީކޮށް އިއުލާންކުރެއްވީ ފައްޔާޒު އެކަންޏެވެ.

 

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުވެ ހައްޔަރުގައި ހުރި ޝާހިދު އެމްޑީޕީގެ މައި ގްރޫޕުން ބޭރުކޮށްފިޚަބަރު | 2 ދުވަސް ކުރިންޝާހިދަށް ތުހުމަތުވާ ޖިންސީ ގޯނާގެ މައްސަލަ ފުރިހަމައަށް ތަޙުޤީޤުކޮށް، އަނިޔާ ލިބުނު ފަރާތަށް އިންސާފު ލިބުމަކީ އުންމީދެއް: އަޒާންޚަބަރު | 7 ދުވަސް ކުރިންކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފިޚަބަރު | 8 ދުވަސް ކުރިންއެމްޑީޕީ ޕްރައިމަރީ ކެންޑިޑޭޓުންގެ ވަނަވަރު، ސަޅި ދޯ!ރިޕޯޓް | މަހެއް ކުރިން