logo
MPL

MPL

ޚަބަރު

ފޮރިންގ އެކްސްޗޭންޖުގެ ޤާނޫނެއް ނެތުމުން އެމްއެމްއޭ އޮތީ އަތް ބަނދެވިފައި - ގަވަރުނަރު

އަޙްމަދު ޒަލީފް
27 ނޮވެމްބަރު 2024 - 12:30
ފޮރިންގ އެކްސްޗޭންޖުގެ ޤާނޫނެއް ނެތުމުން އެމްއެމްއޭ އޮތީ އަތް ބަނދެވިފައި - ގަވަރުނަރު

ބޭރު ފައިސާ މާރުކުރުން ނުވަތަ ފޮރިންގ އެކްސްޗޭންޖުގެ ޤާނޫނެއް ނެތުމުގެ ސަބަބުން އެމްއެމްއޭގެ އަތް އޮތީ ބަނދެވިފައި ކަމަށާއި ފޮރިން އެކްސްޗޭންޖު މާކެޓުގައި އެމްއެމްއޭއަށް މާބޮޑު ބާރުތަކެއް ނެތްކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ އެފަދަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރަނީ ފޮރިން އެކްސްޗޭންޖު މާކެޓުގައި ބޭންކުތަކަށް ޑޮލަރު ވަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައި ހުރުމުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވަރުނަރު ވިދާޅުވީ ބޭރު ފައިސާއާއި ބެހޭ ޤާނޫނެއް އެކުލަވާލުމަކީ މިވަގުތަށް ކޮންމެހެން މުހިންމުކަމެއްކަމަށެވެ. އެހެނީ ރައްޔިތުން ބޭނުންކުރާ ބޭންކު ކާޑުގެ ޚިދުމަތް ހުއްޓެން ބޭނުންނުވާތިއާއި، ބޭރުގައި ކިޔަވާ ކުދިންނަށްވެސް ޑޮލަރު ބޭނުންވާތީކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މި ޤާނޫނު އެކުލަވާލުމަށް ބިލު އެކުލަވާލުމުގެ މަސައްކަތް މީގެ ކުރިން ތިން ގަވަރުނަރުންވެސް ކުރެއްވިކަމަަށެވެ.

ގަވަރުނަރު ވަނީ ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ދޭ ޑޮލަރަކީ ބީއެމްއެލުން ދޭ ޑޮލަރު ނޫންކަމާއި، އެއީ ދައުލަތުގެ ރިޒާވުން ދޭ ޑޮލަރުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ވިދާޅުވިފަދައިން ބޭރަށް ފުރާ މީހުންނަށް ދޭ ޑޮލަރު އިތުރުކުރެވޭނީވެސް މި ޤާނޫނާއި ޤަވާއިދަށ ްއަމަލުކޮށްގެންކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނެއް އެކުލަވާލަނީ އެކަމާ ގުޅިގެން ހެދި ޤަވާއިދަށާއި އެމްއެމްއެމްއޭއަށް މިހާރު ނެތް އަދި ލިބެންޖެހޭ ބާރުތަކެއް ހޯދުމަށްކަމަށެވެ.

ގަވަރުނަރު ވަނީ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އެކުލަވާލި ޤަވާއިދަށް ބަދަލު ނުގެންކަން ތަކުރާރުކުރައްވާފައެވެ. ހަމައެކަނި އެ ގަވައިދަށް ގެނައި ބަދަލަކީ ފަތުރުވެރި ނޫން ކެޓަގަރީއެއް އިތުރުކުރުންކަަމަށްވެސް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކިންގް ދާއިރާގެ އިސް ސަފުގައި ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ގެނައުމަށް އަމާޒު ހިފައިފިޚަބަރު | 3 ގަޑިއިރު ކުރިން''ޑޮލަރު މާރުކުރަން ޖެހޭ އަދަދަށް ދެ އަހަރުގެ ތެރޭ ބަދަލު ގެނައުމުގެ ފުރުސަތު އެބައޮތް''ޚަބަރު | 2 އަހަރު ކުރިންއާ ޓާމިނަލްއާއެކު ބޭރު ފައިސާ މާރުކުރަން ލުއި ލިބޭނެ - ގަވަރުނަރު ޚަބަރު | 2 އަހަރު ކުރިންފޮރިންގ އެކްސްޗޭންޖުގެ ޤާނޫނެއް ނެތުމުން އެމްއެމްއޭ އޮތީ އަތް ބަނދެވިފައި - ގަވަރުނަރުޚަބަރު | 2 އަހަރު ކުރިން