logo
ޚަބަރު

ހަތަރު ރަށަށްވުރެ ގިނަ ރަށްރަށުގައި ސިންތެޓިކް އެޅުމުގެ އަމާޒު އެބައޮތް: ވަޒީރު ރާފިއު

އާމިނަތު ޝަފާ
28 ނޮވެމްބަރު 2024 - 04:06
ވަޒީރު ރާފިއު// ހަތަރު ރަށަށްވުރެ ގިނަ ރަށްރަށުގައި ސިންތެޓިކް އެޅުމުގެ އަމާޒު ސަރުކާރުގެ އެބައޮތްކަން ހާމަކުރެއްވި
ވަޒީރު ރާފިއު// ހަތަރު ރަށަށްވުރެ ގިނަ ރަށްރަށުގައި ސިންތެޓިކް އެޅުމުގެ އަމާޒު ސަރުކާރުގެ އެބައޮތްކަން ހާމަކުރެއްވި

މިހާރު ކަނޑައެޅިފައިވާ ރަށްތަކަށްވުރެ ގިނަ ރަށްރަށުގައި ސިންތެޓިކް ޓްރެކްތައް އެޅުމަށް މަސައްކަތްކުރައްވާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުން ހަމަޖެއްސި 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެރެއިން، ބޮޑުބައި ހަރަދުކުރަން ކަނޑައެޅީ ގަލޮޅު ފުޓްބޯޅަ ދަނޑުގެ ޕްރޮޖެކްޓަށެވެ. އޭގެ ތެރެއިން، ރާއްޖޭގެ ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް ގާއިމްކުރަން ވެސް ކަނޑައެޅި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއީ، ޏ. ފުވައްމުލަކާއި ސ. ހިތަދޫ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި ގާއިމްކުރަން ނިންމި ސިންތެޓިކް ޓްރެކްތަކެކެވެ. މި ޓްރެކުތަކުގެ އަމަލީ ކަންކަން ފަށައި ޕްރޮޖެކްޓް ކުރިއަށް ހިނގައިގަންނަން، މިދިޔަ ތިން އަހަރު މި މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް މިދިޔަ ސަރުކާރުން ކުރިއަކަށް ނުގެންދެ އެވެ.

ނަމަވެސް މި ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރެވޭނެ ގޮތްތައް ހޯދައި، އެ ރަށްރަށުގައި އަޅާ ޓްރެކް ދަނޑުތަކުގެ މަސައްކަތް ފަށާފަ އެވެ.

52 ހަފުތާގައި ހާސިލުކުރެވުނު ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅިވަރު ވަޒީރު ވިދާޅުވީ ސިންތެޓިކް ޓްރެކް އަޅަން މިހާރު ކަނޑައަޅާފައިވާ ރަށް ރަށުގެ އިތުރުން އެހެން ރަށްރަށުގައިވެސް ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތްކުރައްވާނެކަމަށެވެ.

އަދި މިހާރު މާލޭ ސަރަހައްދުގައި އަޅާފައިވާ ދެ ސިންތެޓިކް ޓްރެކްއަށް ލިބިފައިވާ ގެއްލުންތައް ބަލައި އެތަންތަން މަރާމާތުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރޭގައި މާލޭ ސަރަހައްދުގައި އޮތް ދެ ސިންތެޓިކް ޓްރެކްވެސް ދުނިޔޭގެ އެތުލެޓިކްސް ސްޓޭންޑެޑަށް މަރާމާތުކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ވަކި ސަރަހައްދުތަކަށްކަށް ބަހާލައިގެން ކުޅިވަރު ކުރިއެރުވުމަށް ދިގު ރާސްތާ ޕްލޭނެއް!ޚަބަރު | 9 މަސް ކުރިންހަތަރު ރަށަށްވުރެ ގިނަ ރަށްރަށުގައި ސިންތެޓިކް އެޅުމުގެ އަމާޒު އެބައޮތް: ވަޒީރު ރާފިއު ޚަބަރު | 9 މަސް ކުރިންބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން މައާފަށް އެދިއްޖެ ޚަބަރު | 10 މަސް ކުރިންކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ސައުދީގެ އެހީ ހޯދަނީޚަބަރު | އަހަރެއް ކުރިން