logo
ޚަބަރު

ޑިޖިޓަލް ދާއިރާއިން ރާއްޖެ ކުރިއެރުވުމަށް ރައީސް ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތުތަކެއް: ޑރ. ކިނާނަތު

އާމިނަތު ޝަފާ
28 ނޮވެމްބަރު 2024 - 04:11
 ލަންކާގެ 42ވަނަ އެން.އައި.ޓީ.ސީ ކޮންފަރެންސްގައި ހޯމް މިނިސްޓްރީގެ ފަރާތުން ބައިވެރިވުން
ލަންކާގެ 42ވަނަ އެން.އައި.ޓީ.ސީ ކޮންފަރެންސްގައި ހޯމް މިނިސްޓްރީގެ ފަރާތުން ބައިވެރިވުން

ޑިޖިޓަލް ދާއިރާއިން ދިވެހިރާއްޖެ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާގެ 42ވަނަ އެން.އައި.ޓީ.ސީ ކޮންފަރެންސްގައި ތަގުރީރުކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަމުން ޑރ. ކިނާނަތު ވަނީ ކީނޯޓް ތަޤްރީރެއް މިމަހުގެ 26ވަނަ ދުވަހު ދެއްވާފައެވެ. އެމަނިކުފާނުގެ ވާހަކައިގައި ދިވެހިރާއްޖެ، އައި.ސީ.ޓީގެ ރޮނގުން އައިސްފައިވާ ހިސާބާއި ދިމާވަމުންދާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

މިގޮތުން އެމަނިކުފާނުގެ ވާހަކައިގައި ރާއްޖޭގައި ބޭނުންކުރަމުންދާ އީފާސް ޑިޖިޓަލް އައިޑީ، އަލަށް ތައާރަފްކުރުމަށް ތައްޔާރުވެފައިވާ ޖެމްސް ވާކްސްޕޭސް އާއި މިނޫނަސް މިފަދަ ޑިޖިޓަލް ސިސްޓަމްތަކުގެ މައުލޫމާތުވެސް ވަނީ މި ކޮންފަރެންސްގައި ހިއްސާކުރައްވާފައެވެ.

އަދި މީގެއިތުރުން ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާއިން ކުރިއެރުވުމަށް ޑރ.މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ވާހަކަވެސް އެމަނިކުފާނު ހާއްސަގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ. މިގޮތުން މި ސަރުކާރުން އެކުލަވާލާފައިވާ "ސްމާޓް މޯލްޑިވްސް" ޕްލޭން އާއި ގުޅޭ މައުލޫމާތު އެމަނިކުފާނުގެ ކީނޯޓްގައި ވަނީ ތަފްސީލްކޮށް ދެއްވާފައެވެ.

އެން.އައި.ޓީ.ސީ އަކީ ސްރީލަންކާގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއެރުވުމާއި އައި.ސީ.ޓީ ދާއިރާގައި މައުލޫމާތު ބަދަލުކުރުމަށް 40އަށް ވުރެ ގިނަ އަހަރުވަންދެން މެދުކެނޑުމެއް ނެތި ކޮންމެ އަހަރެއްގައި ބާއްވަމުންދާ އެންމެ ބޮޑު އައި.ސީ.ޓީއާ ގުޅޭ ބައްދަލުވުމެވެ. ސީ.އެސް.އެސް.އެލް އަކީ 1976ގައި ލަންކާގައި ކޮމްޕިއުޓަރ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިން ތަމްސީލުކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ އެދާއިރާގެ އެންމެ ހަރަކާތްތެރި އަދި އެންމެ ހިންގުންތެރި ޖަމިއްޔާއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެގެ އާރޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް އިފްތިތާހުކޮށްފިޚަބަރު | މަހެއް ކުރިންޑިޖިޓަލް ދާއިރާއިން ރާއްޖެ ކުރިއެރުވުމަށް ރައީސް ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތުތަކެއް: ޑރ. ކިނާނަތުޚަބަރު | 9 މަސް ކުރިން