logo
Bank of Maldives

Bank of Maldives

ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: ތިމަރަފުށި ބަލިކޮށް އޭދަފުށި ދެވަނަ ބުރަށް

އަބްދުﷲ ޣާނިމް
28 ނޮވެމްބަރު 2024 - 05:17
އިއްޔެ ކުޅުނު މެޗުގެތެރެއިން އޭދަފުށީގެ ކެޕްޓަން ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ނިޝާން އަލީ | މިހާރު
އިއްޔެ ކުޅުނު މެޗުގެތެރެއިން އޭދަފުށީގެ ކެޕްޓަން ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ނިޝާން އަލީ | މިހާރު

90 ޕްލަސް ގޯލްޑް ކަޕް ގައި ތިމަރަފުއްޓާއި ވާދަކޮށް އޭދަފުށިން މުހިންމު މޮޅެއް ހޯދާފައެވެ. މިމެޗު އޭދަފުށިން ކާމިޔާބުކުރީ 4-0 އިންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މި މުބާރާޓުގައި މީގެ ކުރިން ތިމަރަފުށި މާލެސީޓިއާއި ވާދަކޮށް ބަލިވެފައިވާއިރު، މި މެޗުން ތިމަރަފުށި ނިކުތީ މޮޅުވާން މަޖުބޫރު މެޗެއްގެގޮތުގައެވެ. އަދި މި މެޗަށް އޭދަފުށީ ނިކުތްއިރު އެޓީމު ކުރިން ކުޅުނު މެޗުން ވަނީ މޮޅުވެފައެވެ.   

 

ރޭގެ މެޗުގައި ދެ ޓީމުގައިވެސް ފުރަތަމަ ޑިވިޝަނުގެ ތަޖުރިވާކާރު ކުޅުންތެރިންތަކެއް ހިމެނިފައިވެއެވެ. އެގޮތުން ތިމަރަފުއްޓަށް ކުޅެފައިވާ ކުޅުންތެރިންނަކީ އަބްދުﷲ ޒިޔާން (ޖަންކީ) އާއި ޔުނައިޓެޑް ވިކްޓްރީގެ ޝަނާން ރަޝާދު އާއި އަބްދުﷲ ޖުނައިދުއެވެ. މި ދެ ކުޅުންތެރިން ތިމަރަފުއްޓަށް ކުޅެފައިވަނީ ބޭރު ކުޅުންތެރިންގެ ގޮތުގައެވެ. އެގޮތުން ޝަނާން ރަޝާދަކީ ކ. ގާފަރަށް ނިސްބަތްވާ ކުޚުންތެރިޔެކެވެ. އަދި އަބްދުﷲ ޖުނައިދުއަކީ ލ. ގަމަށް ނިސްބަތްވާ ކުޚުންތެރިއެކެވެ.

 

މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުތަމަހާފުގެ ފަހުކޮޅުގައި އަލީ ނަސީމް (ދިއްލި)  އެވެ. އަދި ދެވަނަ ގޯލުޖެހީ ތުޅާދޫމެޗުގައި ހެޓްރިކް ހެދި އަލީ ނަސީމްއެވެ. އަދި އޭދަފުށީގެ ފަހު ދެ ގޯލު ޖަހައިދިނީ ދެވަނަ ހާފުގައި މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ.

 

މި މޮޅާއެކު އޭދަފުށި ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި މުބާރާތުގެ އެއްވެސް ޕޮއިންޓެއް ހޯދިފައިނުވާ ތިމަރަފުށި ވަނީ މުބާރާތުން އަލްވަދާޢު ކިޔާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށްކުޅިވަރު | 11 ދުވަސް ކުރިންގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 3 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 9 މަސް ކުރިން