logo
Bank of Maldives

Bank of Maldives

ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އަލިފުށި ދެވަނަ ބުރަށް

އަބްދުﷲ ޣާނިމް
29 ނޮވެމްބަރު 2024 - 05:22
އަލިފުއްޓާއި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު | ވަޤުތު ސްޕޯރޓްސް
އަލިފުއްޓާއި ނައިފަރު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު | ވަޤުތު ސްޕޯރޓްސް

ގޯލްޑް ކަޕް ގައި ގްރޫޕް ޑީ ގައި އަލިފުށި ނައިފަރާއި ވާދަކޮށް މޮޅުވެއްޖެއެވެ. މި މެޗުން އަލިފުށި މޮޅުވީ 2-0 އިންނެވެ. މި މެޗުން އަލިފުށި މޮޅުވުމާއެކު ލިބުނި 3 ޕޮއިންޓާއެކު އެ ޓީމުވަނީ ގްރޫޕް ޑީ ގެ ތާވަލުގެ އެއްވަނައަށް އަރާފައެވެ. އަދި އަލިފުށިވަނީ މި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

ރޭގެ މެޗަށް ނިކުތްއިރު މި މުބާރާތުގައި އަލިފުއްޓާއި ނައިފަރު މީގެ ކުރިން ކުޅުނުމެޗުން ވަނީ މޮޅުވެފައެވެ. އެގޮތުން އަލިފުށި މޮޅުވެފައިވަނީ ކެންދޫއަތުންނެވެ. އަދި ނައިފަރު މޮޅުވެފައިވަނީ މާފުއްޓާއި ވާދަކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުފެށިގެން އަލިފުށިން މޮޅުކުޅުމެއް ކުޅުނު މި މެޗުގައި އަލިފުށީގެ ފުރަތަމަ ގޯލުޖެހީ ފުރަތަމަ ހާފުގެ ފަހުވަޤުތުގައެވެ. މި ގޯލަކީ އާދަމް އިމްރާން ޕެނަލްޓީ އޭރިޔާ ބޭރުން ޖެހި ބާރު ޝޮޓަކުން ޖެހި ގޯލެކެވެ. އަލިފުށީގެ ދެވަނަ ގޯލަކީ މެޗުގެ 81 ވަނަ މިނެޓުގައި ޖެހިގޯލެކެވެ. މި ގޯލުވެސް ޖަހައިދިނީ އިމްރާނުއެވެ.

ރޭގެ މެޗުގައިވެސް ފުރަތަމަ މެޗެކޭ އެއްގޮތަށް އަލިފުށީގެ ގިނައަދަދެއްގެ ސަޕޯޓަރުން ދަނޑަށްވަދެ، މުޅި ދަނޑު ގުގުމާލާފައެވެ.

ރޭގެ މެޗުން ބަލިވި ނައިފަރު އޮތީ ގްރޫޕް ޑީ ގެ ތާވަލުގެ ދެވަނައިގައެވެ. އަދި މި ގްރޫޕްގެ ފުލުގައި އޮތީ މާފުއްޓާއި ކެންދޫއެވެ. މި ދެޓީމު ބައްދަލުކުރާމެޗު މާދަމާ ހަވީރު ކުޅެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށްކުޅިވަރު | 11 ދުވަސް ކުރިންގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 3 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 9 މަސް ކުރިން