logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުން: ގުޓަރޭޒް

މަރިޔަމް ޔަނާ އަލީ
29 ނޮވެމްބަރު 2024 - 07:12
އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް, ފޮޓޯ--/ ދަ ވޯލްޑް އިކޮނޮމިކް ފޯރަމް
އދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް, ފޮޓޯ--/ ދަ ވޯލްޑް އިކޮނޮމިކް ފޯރަމް

ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމަ އެއްބާރުލުން ދިނުމަށާއި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެއެންޓޯނިއޯ ގުޓެރެސް, ދުނިޔޭގެ ގައުމުތަކަށް ގޮވާލައިފިއެވެ.

އެންޓޯނިއޯ ގުއެރެޓްސް މިހެން ގޮވާލައްވާފައި ވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މެސެޖްގައި އޭނާ ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ޚާއްޞަކޮށް، ފަލަސްޠީނުގެ އެތައް މިލިއަން ބަޔަކަށް ބަދަލުނުކުރެވޭ ވަރުގެ ލައިފްލައިނެއް ރަމްޒުކޮށްދޭ ޔޫއެންއާރްޑަބްލިއުއޭގެ މަސައްކަތުން، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ.

އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކާއި، އާބާދީތައް ފުޅާކުރުމާއި، ވަޒަންވެރިންގެ ހަމަނުޖެހުންތަކާއި، ވަޒަންވެރިކަމުގެ ހަމަނުޖެހުންތައް ހިންގުމުގެ އިންޒާރުތައް ދަނީ އިތުރުވަމުން ކަމަށް އެއެންޓޯނިއޯ ގުޓެރެސް ހާމަކުރެއްވިއެެވެ.

މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށާއި ބައިނަލްއަޤްވާމީ ކޯޓާއި ޖެނެރަލް އެސެމްބްލީން ކަށަވަރުކޮށްދީފައިވާ ފަދައިން، ފަލަސްޠީނުގެ ބިން ޤަވާޢިދާ ޚިލާފަށް ހިފުން ނިމުމަކަށް ގެނައުމަށް އޭނާ ވަނީ އެދިފައެވެ. އަދި އެ ދެޤައުމުގެ ވެރިރަށަކީ ގުދުސްކަމުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިސްރާއީލާއި ފަލަސްޠީނު ސުލްޙަމަސަލަސްކަމާއި އަމާންކަމާއި، ދެމިތިބުމަށް އެއެންޓޯނިއޯ ގުޓެރެސް ވަނީ ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަކީ މިނިވަން ދައުލަތެއް ގޮތުގައި ބަލައިގަންނަން ރާއްޖެ އިން ގޮވާލައިފިޚަބަރު | 2 މަސް ކުރިން"ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ވަސީލަތްތަކަށް ފައިސާ ހަމަޖެއްސުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 3 މަސް ކުރިންގާޒާގެ 43،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އުމުރުދުވަހުގެ ނުކުޅެދުންތެރިކަން ކުރިމަތިވެފައި: ޑަބްލިޔުއެޗްއޯ ދުނިޔެ | 4 މަސް ކުރިންފަލަސްތީނުގެ މައެއްގެ ދެ ދަރިން ޝަހީދުކޮށްލުމުން ކުރި އަސަރުގަދަ ވަދާއީ ސަލާމް، '' އޭ ދުނިޔެއާ، އެ ކުދިން ކުރީ ކޮން ކުށެއް؟''ދުނިޔެ | 5 މަސް ކުރިން